logo
ކުޅިވަރު

އެފްއޭއެމް އިން ނިއުރޭޑިއަންޓް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްފި

އާމިނަތު ޝަފާ
31 އޯގަސްޓު 2025 - 13:49
ނިއުރޭޑިއަންޓްގެ ކޯޗު ޗެއާމާން އާއެކު
ނިއުރޭޑިއަންޓްގެ ކޯޗު ޗެއާމާން އާއެކު

ދެ ވަނަ ޑިވިޝަނުގެ ތިން ވަނަ ޓީމުގެ ގޮތުގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކުރަން އެފްއޭއެމް ހިންގާ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ނިއު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކުރަން ނިންމާފައިވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ދިވެހި ޕްރިމިއާ ލީގުން ވަކިވާން ނިންމިކަން އެފްއޭއެމްއަށް އެންގުމާ ގުޅިގެން ހުސްވި ޖާގައަށެވެ. އެފްއޭއެމް އިން ބޭއްވި ހިންގާ ކޮމިޓީގެ ބައްދަލުވުމަށް އެންމެ ފަހުން ދެވަނަ ޑިވިޝަނުގައި ސެމީ ކުޅުނު ނިއު އާއި ޓެންޓް ސްޕޯޓްސް އިން މުޅި މުބާރާތުގައި ނެރެފައިވާ ނަތީޖާތަކަށް ބަލައި، އެފްއޭއެމްގެ ކޮމްޕެޓިޝަން ކޮމިޓީން ސްޕޯޓިން ކްރައިޓީރިއާ އިން ވެސް ޔަގީންކުރުމަށް ފަހު، ކަނޑައެޅިފައިވަނީ ތިން ވަނަ ޓީމަކީ ނިއު ކަމަށެވެ. ނިއުއިން ސެމީއިން އެފަހަރު ބަލިވެފައިވަނީ 2-0 އިންނެވެ. އަދި ޓެންޓް ސްޕޯޓްސް ކުލަބު ސެމީއިން ބަލިވީ 5-1 އިންނެވެ. މީގެ އިތުރުންވެސް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޓެންޓާއި ނިއު ވާދަކުރި މެޗު ކާމިޔާބުކުރީ ނިއުރޭޑިއަންޓުންނެވެ. އަދި ޓެންޓް އާއި އެއް ގްރޫޕެއްގައި އޮވެ، ގްރޫޕްގައި ކުރީ ހޯދީވެސް ނިއުރޭޑިއަންޓުންނެވެ. މިހުރިހާ ކަމަކަށް ބަލައި އެފްއޭއެމް އިން ނިންމާފައިވަނީ ދެވަނަ ޑިވިޝަނުގެ ތިންވަނައަށް އެންމެ ރަނގަޅު ޓީމަކީ ނިއުރޭޑިއަންޓް ކަމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހި ޕްރިމިއާ ލީގު 2025/26 ގެ ގަވާއިދުގެ 12.2 ގައިވާ ގޮތުން، ލީގަށް ކޮލިފައިވާ ޓީމެއް މުބާރާތުގެ ކުޅުން ފެށުމުގެ ކުރިން މުބާރާތުން ވަކިވެއްޖެނަމަ، ދެ ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރެވެ އެވެ. އަދި، މުބާރާތުން ވަކިވި ޓީމެއްގެ ޖާގަަ އަށް ދެ އެ ރީޖަނަލް ލީގުގެ އެންމެ ރަނގަޅު ނަތީޖާ ނެރުނު ޓީމަށް ފުރުސަތު ދިނުމާ މެދު އެފްއޭއެމް ހިންގާ ކޮމިޓީން ގޮތެއް ނިންމަންވާނެ އެވެ.

މާލީ ހާލަތު ހުރި ގޮތުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރެވެން ނެތް ކަމަށް ސަސް އިން މި މަހު 23 ވަނަ ދުވަހު އެފްއޭއެމްއަށް ވަނީ އަންގާފައެވެ. އެފްއޭއެމް އިން ބުނެފައިވަނީ، ސަސްގެ މި ނިންމުމާ އެކު، އެ އެސޯސިއޭޝަންތަކުގެ މުބާރާތުގެ ގަވާއިދުގެ މަތިން ސަސްއާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އެ ގޮތުން، އެފްއޭއެމް ހިންގާ ކޮމިޓީން ނިންމާފައިވަނީ ސަސް، 200،000 ރުފިޔާ އިން ޖޫރިމަނާކޮށް، ތިން ވަނަ ޑިވިޝަނަށް ރެލިގޭޓް ކުރުމަށެެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ފުޓުބޯޅަ ކްލަބް ކަމަށްވާ ނިއުރޭޑިއަންޓުން ވަނީ މިހާތަނަށް ރާއްޖޭގެ 48 މުބާރާތެއް ކާމިޔާބުކޮށް، 12 ފަހަރު އެފްއޭ ކަޕް އަދި 13 ފަހަރު ގައުމީ ތަށި ހޯދާފައެވެ. އަދި ދިވެހި ލީގު ޖެހިޖެހިގެން 3 ފަހަރު ކާމިޔާބުކޮށްފައިވާއިރު، އަންހެނުންގެ 2 މުބާރާތެއްގެ ތަށިވެސް ވަނީ ހޯދާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންމެ ބިޔަބޮޑު ލަސްކަރާއެކު ބްރެޒިލް ސަމްބާގެ ޖާދު ގަލޮޅުދަނޑަށްކުޅިވަރު | ދުވަހެއް ކުރިންނިއުގެ ގޯލު ބަލަހައްޓަން ޕާކިސްތާނުގެ ޞާޤިބް، ޑިފެންޑަރަކަށް އުޒްބެކިސްތާނުގެ ޚަސަންބޮއޭވްކުޅިވަރު | 2 ދުވަސް ކުރިންއަލިފުށި ފުޓުބޯޅައިގެ ރަސްގެފާނު ހުޝާމް އާއެކު ބޭލް އަދި މުސީ ވެސް ނިއުރޭޑިއަންޓަށް ކުޅިވަރު | 3 ދުވަސް ކުރިންހަތް އަހަރަށްފަހު ނިއު ފުރަތަމަ ޑިވިޝަނަށް ތައްޔާރުވާން ފަރިތަކުރުންތައް ފަށައިފިކުޅިވަރު | 4 ދުވަސް ކުރިން