logo
Bank of Maldives

Bank of Maldives

ޚަބަރު

ޝަރުއީ ދާއިރާގެ މުވައްޒަފުން މޫނު ބުރުގާ އެޅުން ހުއްދަކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
1 ސެޕްޓެމްބަރު 2025 - 02:30
ޝަރުޢީ ދާއިރާގެ މުވައްޒަފުންތަކެއް، ފޮޓޯ: ޑީޖީއޭ
ޝަރުޢީ ދާއިރާގެ މުވައްޒަފުންތަކެއް، ފޮޓޯ: ޑީޖީއޭ

ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މޫނުބުރުގާ އެޅުން ހުއްދަކޮށްފިއެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އާދީއްތަ ދުވަހު ވަނީ، "ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011" ގެ 129 ވަނަ މާއްދާއަށް މި އިސްލާޙްގެނެސް ކޯޓުތަކަކާއި ޝަރުޢީދާއިރާގެ އިދާރާތަކަށް އަންގާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މާއްދާގައި ކުރިން ބަޔާންކޮށްފައިވަނީ މަސައްކަތު ގަޑީގައި މުވައްޒަފަކީ ކާކުކަން ދެނެގަނެވޭނެ ގޮތަކަށް ހެދުން އަޅަންޖެހޭނެ ކަމަށެވެ.

އައު އިސްލާހުގެ ދަށުން މުވައްޒަފުންނަށް މޫނުބުރުގާ އެޅުމުގެ ފުރުސަތު ލިބިގެންދާއިރު، މުވައްޒަފަކީ ކާކުކަން ކަށަވަރުކުރަން ޖެހިއްޖެ ހާލަތެއްގައި، ކޯޓު ނުވަތަ އިދާރާގެ ކަމާބެހޭ އަންހެން މުވައްޒަފަކަށް މޫނު ދައްކަންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި އިސްލާހަށް އާދީއްތަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށައި، އެގޮތުގެ މަތިން ޢަމަލުކުރުމަށް ހުރިހާ ކޯޓުތަކަކާއި އިދާރާތަކަށް ޑީޖޭއޭ އިން ވަނީ އަންގާފައެވެ.

މި ބަދަލަކީ ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހެދުން އެޅުމުގެ މިނިވަންކަން އިތުރުކޮށް، އިސްލާމީ ޝިޢާރު ފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދޭ ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޯޓުތަކުގައި ފުނިޖެހިފައި ހުރި މައްސަލަތައް ބެލުމަށް ޓާސްކްފޯހެއްޚަބަރު | ގަޑިއިރެއް ކުރިންމެޖިސްޓްރޭޓް ކޯޓުތަކުގެ ރަސްމީ މުޢާމަލާތްތަކުގައި ބޭނުންކުރައްވާނޭ ވަކި ނަންބަރުތައް ހަމަޖައްސަވައިފިޚަބަރު | 4 މަސް ކުރިންޝަރުއީ ދާއިރާގެ މުވައްޒަފުން މޫނު ބުރުގާ އެޅުން ހުއްދަކޮށްފިޚަބަރު | 5 މަސް ކުރިންކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތް ހުޅުވައިފިޚަބަރު | 6 މަސް ކުރިން