logo
Bank of Maldives

Bank of Maldives

ޚަބަރު

ކޯޓުތަކުގައި ފުނިޖެހިފައި ހުރި މައްސަލަތައް ބެލުމަށް ޓާސްކްފޯހެއް

އިސްމާޢިލް ރާތިޢު
10 ފެބްރުއަރީ 2026 - 14:37
ކޯޓުތަކުގައި ފުނިޖެހިފައި ހުރި މައްސަލަތައް ބެލުމަށް ޓާސްކްފޯހެއް

ކޯޓުތަކުގައި، އެކި ސަބަބުތަކާހުރެ ނުނިމި ގިނަދުވަސްވެފައި ހުރި މައްސަލަތައް ނިންމުމަށް ނުވަ މެންބަރުންގެ ޓާސްކްފޯހެއް އެކުލަވާލާ، މަސައްކަތް ފަށައިފިއެވެ.

އުއްތަމަ ފަނޑިޔާރު، އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދު އެކުލަވާލެއްވި މި ޓާސްކްފޯހުގައި، އެކި މަރުހަލާތަކުގެ ކޯޓުތަކުގެ މެންބަރުން އެކުލެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނުރުނު ބަޔާނެއްގައި ބުނެފައިވަނީ، 2025 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ކޯޓުތަކުގައި އެއް އަހަރު ދުވަހަށްވުރެ ދިގުމުއްދަތެއް ފާއިތުވެފައިވާ 13032 މައްސަލަ ހުރުމުން،  އެ މައްސަލަ ތަކުގެ އިންސާފު އަވަސްކަމާއެކު ފޯރުކޮށްދިނުމުގެ މަސައްކަތް އިންތިޒާމުކޮށް، ޚާއްސަ އިސްކަމެއް ދީގެން އެ މައްސަލަތައް ނިންމުމަށް އުއްތަމަ ފަނޑިޔާރު ޓާސްކް ފޯސްހެއް މިއަދު އެކުލަވާލައްވާފައިވާކަމަށެވެ.

މި ޓާސްކް ފޯހުން މަސައްކަތް ކުރާނީ ކޯޓުތަކުގައި ނުނިމިހުރި މައްސަލަތައް ނިންމުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އިދާރީ ގޮތުން ހައްލު ހޯދައިދީ މައްސަލަތައް އަވަހަށް ނިންމުމަށް މަގުފަހކޮށްދިނުމަށްކަމަށްވެސް ސުޕްރީމް ކޯޓުގެ ބަޔާނުގައި ބުނެފައިވެއެވެ.

ޤަޟާޢީ އަހަރު 2026 އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޤަޟާޢީ ބަޔާން އިއްވަވަމުން އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވަނީ މިއަހަރު ޝަރުޢީ ދާއިރާއިން އެންމެ ބޮޑު އިސްކަމެއް ދޭނީ އިންސާފު ނުލިބި 1 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމުމަށް ކަމަށް ވިދާޅުވެފައެވެ. ރާއްޖޭގެ ޝަރުޢީ ނިޒާމު ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ، ޝަރުޢީ ދާއިރާގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޝަރުޢީ ދާއިރާއަށް ކުރިން ދިމާވި ހުރަސްތަކާއެކުވެސް ފަނޑިޔާރުންނާއި މުވައްޒަފުން އިންސާފު ޤާއިމުކުރުމުގެ މަސްއޫލިއްޔަތު ސާބިތުކަމާއެކު އަދާކުރައްވަމުންދާކަން ފާހަގަކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ 1 އަހަރަށްވުރެ ގިނަ ދުވަސްވީ ހުރިހާ މައްސަލައެއް ނިންމައި އިންސާފު ގާއިމުކުރުމަށް މިއަހަރު ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރާނީ މިއަހަރު ހުށަހަޅާނެ ކަމަށް އަންދާޒާ ކުރެވޭ 21،000 މައްސަލައިގައި އިންސާފު ގާއިމުކުރަމުން ކަމަށްވެސް ވިދާޅުވިއެވެ.

އަމާޒަކީ މިއަހަރު ނިމިގެންދާއިރު ޝަރުޢީ ދާއިރާއަކީ އިންސާފު ނުލިބި ލަސްވެފައިވާ މައްސަލައެއް ނެތް ހަރުދަނާ އަދި ޒިންމާދާރު ދާއިރާއަކަށް ހެއްދެވުން ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޯޓުތަކުގައި ފުނިޖެހިފައި ހުރި މައްސަލަތައް ބެލުމަށް ޓާސްކްފޯހެއްޚަބަރު | 2 ގަޑިއިރު ކުރިންޝަރުއީ ދާއިރާގެ މުވައްޒަފުން މޫނު ބުރުގާ އެޅުން ހުއްދަކޮށްފިޚަބަރު | 5 މަސް ކުރިންކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތް ހުޅުވައިފިޚަބަރު | 6 މަސް ކުރިން