logo
Bank of Maldives

Bank of Maldives

ޚަބަރު

ފަލަސްތީނުގެ ދިފާޢުގައި ސަފީރު ޑރ.ސަލްމާ ރަޝީދު ތަޤްރީރު ކުރައްވައިފި

އާމިނަތު އަނާތު ތަލްޢަތުއާމިނަތު އަނާތު ތަލްޢަތު
26 ސެޕްޓެމްބަރު 2024 - 03:43
ފަލަސްތީނުގެ ދިފާޢުގައި ސަފީރު ޑރ.ސަލްމާ ރަޝީދު ތަޤްރީރު ކުރައްވައިފި

އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ 57 ވަނަ ސެޝަންގެ ބައްދަލުވުމުގައި ކުރިއަށް ދިޔަ އެޖެންޑާ އައިޓަމް 4: އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ ސަމާލުކަން ބޭނުންވާ ޙާލަތްތަކާ ބެހޭ އާންމު ބަހުސްގައި ޑރ.ސަލްމާ ރަޝީދު ވާހަކަފުޅުދައްކަވައިފިއެވެ. ޑރ.ސަލްމާ ރަޝީދަކީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބެވެ.

އެކަމަނާގެ ވާހަކަފުޅުގައި ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއަކީ މި ކައުންސިލުން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެއް ކަމުގައި ދިވެހިރާއްޖެއިން ޤަބޫލުކުރާކަމަށް ވިދާޅުވިއެވެ. އަދި ފަލަސްތީނަށް އިންސާނީ އެހީތެރިކަން ފޯރުކޮއްދޭ އ.ދ. އެޖެންސީ- އަންރުވާގެ އެންމެ ފަހުގެ ހާލަތުގެ ރިޕޯޓުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ހާމަކުރެއްވިއެވެ. އަދި ޒަރޫރީ ޚިދުމަތްތަކަށާއި ޢުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ކައުންސިލްގެ ސަމާލުކަމަށް ގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަލަސްތީނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ހަރުދަނާ ފިޔަވަޅުތައް އަޅަންޖެހޭކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ، ފަލަސްތީނުގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތް ކުރާ އަންރުވާގެ މުވައްޒަފުންނަށާއި، ވަސީލަތްތަކަށް އިޒްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތަކަށް ޖަވަބުދާރީކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތްކުރަން ޖެހޭކަމަށެވެ.

މީގެއިތުރުން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާއި، ކަލެކްޓިވް ޕަނިޝްމަންޓާއި ޖިންސީ ގޯނާކުރުން ހުއްޓާލުމަށް އެކަމަނާ ގޮވާލެއްވިއެވެ.

އެކަމަނާގެ ވާހަކަފުޅު ނިންމާލެއްވީ ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ އަމިއްލަ ދައުލަތެއް ޤާއިމުކުރުމަށް ކުރަމުންގެންދާ މިންނެތް މަސައްކަތުގައި އެއްބާރުލުންދިނުންމަތީ ދިވެހި ސަރުކާރުން އަބަދުވެސް ދެމިއޮންނާނޭކަމުގެ ޔަޤީންކަން ދެއްވަމުންނެވެ. އަދި ފަލަސްޠީނުގެ ސިޔާދަތީ އަދި މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ދިވެހި ސަރުކާރުން ގޮވާލާ ގޮވާލުން ތަކުރާރު ކުރެއްވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަމަން ހަނގުރާމަ ހުއްޓުވުމުގެ ސުލްހައިގެ މަޝްވަރާތައް ބާއްވަން ނިންމުމަށް ރާއްޖޭން މަރުހަބާ ކިޔައިފިޚަބަރު | 17 ދުވަސް ކުރިންމޫސުމީ ބަދަލުތަކުން އަރައިގަތުމަށްޓަކައި ރާއްޖެއިން ކުރާ ގަދަފަދަ މަސައްކަތްތައް ހިއްސާކުރަށްވައިފިޚަބަރު | 2 މަސް ކުރިންއައިއޭއީއޭގެ މެމްބަރުކަން ހޯދަން ރާއްޖެއިން ހުށަހެޅި ހުށަހެޅުން ބަލައިގަންނަން ފާސްކޮށްފިޚަބަރު | 4 މަސް ކުރިންލަންކާގައި ދިރިއުޅޭ ދިވެހިންނަށް މެޑިކަލް އަދި ސްޕައުސް ވިސާ 1 އަހަރު ދުވަހަށް ދޭން ފަށައިފިޚަބަރު | 6 މަސް ކުރިން