logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއާއި ސަޢުދީ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް--ފޮޓޯ: ރައީސް އޮފީސް
ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް--ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު، ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރަން މަޝްވަރާތަކެއްކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ސަޢުދީ ޢަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ  މިނިސްޓާ އޮފް ކޮމާސް، ޑރ. މާޖިދު ބިން ޢަބްދުﷲ އަލް ޤަސާބީއާއެކު އިއްޔެ ކުރެއްވި މަޝްވަރާތަކުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ބައްދަލުވުމާ ގުޅޭ ގޮތުން ޚާރިޖީ ވުޒާރާއިން ބުނި ގޮތުގައި، މި ބައްދަލުވުމުގައި ރާއްޖޭގައި ސަޢުދީ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ސަޢުދީ ޢަރަބިއްޔާއާއެކު އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި މުހިންމު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ދެ ވަޒީރުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

އެގޮތުން އެ މަޝްވަރާތައް ފެއްޓެވުމުގެ ކުރިން ޚާރިޖީ ވަޒީރު ވަނީ ސަޢުދީ ޢަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ، އަލްއަމީރު މުޙައްމަދު ބިން ފަހުދު އަލް ސަޢޫދު އަވަހާރަވުމާގުޅިގެން ސަޢޫދީ ޝާހީ އާއިލާގެ މެންބަރުންނަށް ތައުޒިޔާ ވިދާޅުވެފައެވެ.

ވަޒީރު ޚަލީލްގެ މި ދަތުރުފުޅުގައި ސައުދީގެ ޚާރިޖީ ވަޒީރު ފައިސަލްއާ ބައްދަލުކުރައްވައި، ރާއްޖެ އާއި ސައުދީއާ ދެމެދު އޮންނަ ޒަމާންވީ ރަހްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި، އިތުރު ދާއިރާތަކުން ދެ ގައުމު ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާއި ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވަން ވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ވަޒީރު ޚަލީލްގެ އަރިހުގައި ޚާރިޖީ ވުޒާރާގެ ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ހާލާ ހަމީދާއި، އެ ވުޒާރާގެ ޖޮއިންޓް ސެކްރެޓަރީ އަލްފާޟިލާ ޚަދީޖާ ނަޖީހާ ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޚާރިޖީ ވަޒީރު ޑރ. ޚަލީލް ދޯހާ ފޯރަމް 2025ގައި ބައިވެރިވެވަޑައިގެންފިޚަބަރު | 8 ދުވަސް ކުރިންދިވެހިންގެ ފަރާތުން ލަންކާއަށް ވީ އެހީގެ އަދަދު 2.4 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާ: ޚާރިޖީ ވަޒީރުޚަބަރު | 13 ދުވަސް ކުރިންމޫސުމީ ބަދަލުތަކުން އަރައިގަތުމަށްޓަކައި ރާއްޖެއިން ކުރާ ގަދަފަދަ މަސައްކަތްތައް ހިއްސާކުރަށްވައިފިޚަބަރު | 24 ދުވަސް ކުރިންސައިބަރ ކްރައިމް ހުއްޓުވަން މަސައްކަތްކުރާ މުއާހަދާގައި ރާއްޖެއިން ސޮއިކޮށްފިޚަބަރު | 2 މަސް ކުރިން