logo
MPL

MPL

ޚަބަރު

ވިސާއާނުލާ ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
21 ޖުލައި 2026 - 03:38
ވިސާއާނުލާ ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރެވޭ މުއްދަތު 30 ދުވަހަށް އިތުރުކޮށްފި

ވިސާއާނުލާ ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް ބަދަލުކުރުމަށް ތައިލެންޑް ސަރުކާރުން ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ، ތައިލެންޑްގެ ކެބިނެޓުން ވިސާ ޕޮލިސީ އަނެއްކާވެސް މުރާޖާކޮށް އާއްމުކުރި ނިންމުމުގައިވާ ގޮތުން، މީގެ ކުރިން 15 ދުވަހަށް ވިސާއާނުލާ ދަތުރުކުރެވޭ ގޮތަށް އޮތް އޮތުން މިހާރު ވަނީ 30 ދުވަހަށް އިތުރުކޮށްދީފައެވެ. ނަމަވެސް، މީގެ ކުރިން ބައެއް ޤައުމުތަކަށް ދީފައިވާ 60 ދުވަހުގެ މުއްދަތު ކުޑަކުރުމަށް ވަނީ ނިންމާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިމަހުގެ 14 ވަނަ ދުވަހު ނިންމި މި އައު ވިސާ ޕޮލިސީގައި ވިސާއާ ނުލާ އެޤައުމަށް 30 ދުވަހަށް ދަތުރުކުރެވޭގޮތަށް އަލަށް ހަމަޖައްސައިދިން ޤައުމުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ އިތުރުން އިންޑިއާ، ކުރޮއޭޝިއާ، ބަލްގޭރިއާ، ސައިޕްރަސް، އަދި މޯލްޓާ ހިމެނެއެވެ. މީގެ ކުރިން، 19 މެއި 2026 ގައި ތައިލެންޑުގެ ކެބިނެޓުން ވިސާ ޕޮލިސީއަށް ގެނައި ބަދަލުގައި، ރާއްޖެ ހިމެނޭހެން 93 ޤައުމެއްގެ ފަތުރުވެރިންނަށް ވިސާއާ ނުލާ އެޤައުމުގައި ތިބެވޭ މުއްދަތު 15 ދުވަހަށްވުރެ ކުޑަކުރުމަށް ވަނީ ނިންމާފައެވެ.

މި ބަދަލާ ގުޅޭގޮތުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް، ތައިލެންޑްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް އެކްސެލަންސީ ސިހާސަކް ފަންގްކެޓްކޯ އާއިއެކު 29 ޖޫން 2026 ގައި ވަނީ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ. މި މަޝްވަރާތަކަށްފަހު، ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާނުލާ ތިބެވޭ މުއްދަތު (ކުރިން އޮތް 15 ދުވަހުގެ ބަދަލުގައި) 30 ދުވަހަށް އިތުރުކޮށްދެއްވާފައިވާތީ، އެކަމަކީ ދިވެހި ސަރުކާރުން މަރުހަބާ ކިޔާ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ތައިލެންޑްގެ ވިސާއަށް ގެނައުމަށް ނިންމާފައިވާ މި ބަދަލުތަކަށް އަމަލުކުރަން ފަށާނީ، މި ނިންމުން ތައިލެންޑްގެ ރޯޔަލް ގެޒެޓްގައި ޝާއިއުކުރާތާ 15 ދުވަސް ފަހުންނެވެ. އެހެންކަމުން، އެކަން ރަސްމީކޮށް އާއްމުކޮށް އިޢުލާން ކުރެވެންދެން، ދިވެހިންނަށް ކުރިއެކޭވެސް އެއްގޮތަށް 60 ދުވަހުގެ މުއްދަތަށް ވިސާއާނުލާ ތައިލެންޑަށް ދަތުރު ކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދައިދޭން ގުޅިގެން މަސައްކަތް ކުރުމަށް އޯއައިސީގައި ރާއްޖެއިން ގޮވާލައިފިޚަބަރު | 7 ދުވަސް ކުރިންމިނިސްޓަރު އިރުތިޝާމު އިރާގުގައިޚަބަރު | 7 ދުވަސް ކުރިންސައޫދީގެ ދެ އެއާޕޯޓަކަށް ދިން ހަމަލާ: އެއްވެސް ދިވެއްސަކަށް އަސަރެއް ނުކުރޭ!ޚަބަރު | 13 ދުވަސް ކުރިންއިތުރު ހަތަރު ގައުމެއްގައި އެމްބަސީތައް ގާއިމު ކުރަނީޚަބަރު | 14 ދުވަސް ކުރިން