logo
MPL

MPL

ޚަބަރު

ސަޢޫދީގެ އާއްމުން ދިރިއުޅޭ ސަރަހައްދުތަކަށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
14 ޖުލައި 2026 - 18:46
ސަޢޫދީ އަށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ސަޢޫދީ ޢަރަބިއްޔާގެ އާއްމުން ދިރިއުޅޭ ތަންތަނާއި މުހިއްމު އިންފްރާސްޓްރަކްޗާތަކަށް އަމާޒުކޮށް މިސައިލުން ދިން ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ސަޢޫދީގެ މަދަނީ މަރުކަޒުތަކަށް ދެމުންދާ މި ހަމަލާތަކަކީ އެ ގައުމުގެ ސިޔާދަތަށް ހުރަސްއަޅައި، މުޅި ސަރަހައްދީ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ދިވެހިރާއްޖޭން ދެކޭ ކަމަށެވެ. މިފަދަ ނުރައްކާތެރި އަމަލުތަކުގެ ސަބަބުން ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ގެއްލިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރައްވާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހި ސަރުކާރުން ވަނީ ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ސަޢޫދީ ޢަރަބިއްޔާގެ އަޚުވަންތަ ރައްޔިތުންނާއި ސަރުކާރާ އެކުގައި ކަމުގެ ޔަގީންކަން ދީފައެވެ. އަދި އެ ގައުމުގެ ސިޔާދަތު ރައްކާތެރި ކުރުމަށާއި، ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސަޢޫދީ ސަރުކާރުން އަޅާ ހުރިހާ ފިޔަވަޅުތަކަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

މީގެ އިތުރުން، އެ ސަރަޙައްދުގެ ސުލްހަޔާއި، ހަމަޖެހުމާއި، އަދި ރައްކާތެރިކަން އަލުން ޤާއިމުކުރުމަށްޓަކައި، ވަގުތުން ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރަމުންދާ ސިޔާސީ އަދި ޚާރިޖީ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އިސްލާމީ އުންމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ސަޢޫދީ ޢަރަބިއްޔާ ފަދަ ގާތް ގައުމުތަކުގެ ހައްގުގައި ވަކާލާތު ކުރުމުގައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދައިދޭން ގުޅިގެން މަސައްކަތް ކުރުމަށް އޯއައިސީގައި ރާއްޖެއިން ގޮވާލައިފިޚަބަރު | 7 ދުވަސް ކުރިންމިނިސްޓަރު އިރުތިޝާމު އިރާގުގައިޚަބަރު | 7 ދުވަސް ކުރިންސައޫދީގެ ދެ އެއާޕޯޓަކަށް ދިން ހަމަލާ: އެއްވެސް ދިވެއްސަކަށް އަސަރެއް ނުކުރޭ!ޚަބަރު | 13 ދުވަސް ކުރިންއިތުރު ހަތަރު ގައުމެއްގައި އެމްބަސީތައް ގާއިމު ކުރަނީޚަބަރު | 14 ދުވަސް ކުރިން