logo
ޚަބަރު

ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ސަރުކާރުން އަނެއްކާވެސް ގޮވާލައިފި

ސުދާ ލަތީފް
7 ފެބްރުއަރީ 2025 - 05:36
ރައީސް މުއިއްޒު މިދިޔަ އަހަރުގެ ސެޕްޓެމްބަރު ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ އެކު އދ. ގެ މައި މަރުކަޒުގައި.--ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު މިދިޔަ އަހަރުގެ ސެޕްޓެމްބަރު ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ އެކު އދ. ގެ މައި މަރުކަޒުގައި.--ފޮޓޯ: ރައީސް އޮފީސް

ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ސަރުކާރުން އަނެއްކާވެސް ގޮވާލައިފިއެވެ.

ހާރިޖީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ވަނީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ.ގެ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެމަތިން، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ކުރާ ތާއީދު ތަކުރާރުކޮށް އެކަމަށް ގޮވާލާ ކަމަށެވެ. އަދި އދ.ގައި ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ދިނުމަށް ދިވެހިރާއްޖެއިން ތާއީދުކުރާކަން ވެސް ސަރުކާރުން ވަނީ ތަކުރާރުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ފަލަސްޠީނުގެ ބިންތަކުގައި ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް އާބާދީތައް ޤާއިމުކުރުމާއި ފަލަސްޠީނުގެ ބިންތައް ހިފުމާއި ޣައްޒާއިން ފަލަސްޠީނުގެ ރައްޔިތުން ނެރުމަށް ކުރާ އެންމެހާ މަސައްކަތްތައް ދިވެހިރާއްޖެއިން ކުށްވެރިކޮށްފައިވާކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

މި ބަޔާނުގައި ބައިނަލްއަޤްވާމީ ޤާނޫނުތައް ނެގެހެއްޓުމަށާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަށް ކަށަވަރުކޮށްދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެއިން ވަނީ ގޮވާލައިފައެވެ. އަދި މި މައްސަލައަށް ދާއިމީ ނިމުމެއް އަންނާނީ ޞުލްޙައިގެ މަޝްވަރާގެ ތެރެއިން މިނިވަން ދެ ދައުލަތް ޤާއިމުކުރެވިގެން ކަމުގައި ވެސް އެ ބަޔާނުގައި ސަރުކާރުން ބުންޏެވެ.

ޚާރިޖީ ވުޒާރާއިން އެފަދަ ބަޔާނެއް ނެރުނުއިރު، އިއްޔެ ރިޔާސީ ބަޔާން އިއްވަމުން ރައީސިލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ފަލަސްތީނުގެ މުސްލިމުންގެ ހާލަތުގެ މައްްޗަށް އަލިއަޅުވާލައި ވާހަކަފުޅު ދެއްކަވާފައެވެ. އެގޮތުން ޢައްޒާގެ ބިމުން ފަލަސްތީނުގެ ރައްޔިތުން ބޭލުމަށްކުރާ އެއްވެސް މަސައްކަތަކަށް ރާއްޖެއިން ދުވަހަކުވެސް ތާއީދު ނުކުރާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަކުނުދޫ އެއާޕޯޓަށް ވަރަށް އިސްކަންދެން، ބޭނުންވަނީ ވަރަށް އަވަހަށް އެ މަޝްރޫއު ނިންމަން: ރައީސްޚަބަރު | 7 ދުވަސް ކުރިންޕާކިސްތާނުގައި ފެންބޮޑުވެ ގިނަ ބަޔަކު މަރުވީ ޙާދިސާއާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެޚަބަރު | 16 ދުވަސް ކުރިންލަންކާގައި ދިރިއުޅޭ ދިވެހިންނަށް މެޑިކަލް އަދި ސްޕައުސް ވިސާ 1 އަހަރު ދުވަހަށް ދޭން ފަށައިފިޚަބަރު | މަހެއް ކުރިންކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއް: ރައީސްޚަބަރު | 2 މަސް ކުރިން