logo
Bank of Maldives

Bank of Maldives

ޚަބަރު

ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުން މަޑުޖައްސާލުމުން ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
13 އޭޕްރީލު 2026 - 08:44
ފޯޅަވަހި، ފޮޓޯ: ދަ ގާޑިއަން
ފޯޅަވަހި، ފޮޓޯ: ދަ ގާޑިއަން

ޗާގޯސް އާކިޕެލަގޯ (ފޯޅަވަހި) މޮރިޝަސްގެ ސަރުކާރާ ހަވާލުކުރުމުގެ މަސައްކަތް މަޑުޖައްސާލުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިނގިރޭސި ސަރުކާރުގެ މި ނިންމުމަކީ ރާއްޖެއިން ބަލައިގަންނަ ހެޔޮ ބަދަލެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހި ސަރުކާރުން ފާހަގަކުރި ގޮތުގައި ފޯޅަވަހީގެ ކުރިމަގާއި އެ ސަރަހައްދު ބެލެހެއްޓުމާ ގުޅޭ ކަންކަމުގައި ދިވެހިރާއްޖޭގެ ގާނޫނީ އަދި ހައްގު މަސްލަހަތުތަކެއް އެކުލެވިގެންވެއެވެ. އަދި އިނގިރޭސިވިލާތުން މި މަސައްކަތް މަޑުޖައްސާލުމަށް ނިންމި ނިންމުމުގެ ސަބަބުން، މި މައްސަލައިގައި ދިވެހިރާއްޖެއާއެކު އަލުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ފެށުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ރާއްޖެއިން ދެކޭ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ހައްގުތަކަށް ފުރިހަމައަށް އިހުތިރާމްކުރާ، ސަރަހައްދީ ހަމަޖެހުމަށް ބާރުދޭ، އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާނެ ފަދަ އިންސާފުވެރި ނަތީޖާއަކަށް ވާސިލުވުމަށް ދިވެހި ސަރުކާރުން ވަނީ އިނގިރޭސި ސަރުކާރަށް އިލްތިމާސްކޮށްފައެވެ.

ރާއްޖެއިން ބޭނުންވަނީ އިންޑިއާ ކަނޑުގެ ދިގު މުއްދަތުގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވިކަން ކަށަވަރުކޮށްދޭނެ ފަދަ ހައްލެއް މި މައްސަލައިގައި ހޯދުމަށެވެ.

މި މައްސަލައިގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ބައިނަލްއަގުވާމީ މައިދާނުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމާޒަކީ ޖެނެރޭޝަން ބޭން ޖީލެއް ކަނޑައެޅި ފުރަތަމަ ގައުމަަކަަށް ރާއްޖެ ހެދުން: ރައީސްޚަބަރު | 9 ގަޑިއިރު ކުރިންރައީސް، ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިޚަބަރު | 20 ގަޑިއިރު ކުރިންތައުލީމީ ދާއިރާގެ ހިދުމަތްތެރިޔާ ޢަބްދުލްޢަޒީޒު އަވަހާރަވެއްޖެޚަބަރު | ދުވަހެއް ކުރިންސްކައުޓް ހަރަކާތަކީ، އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ލާމަސީލު ނަމޫނާއެއް: ރައީސްޚަބަރު | ދުވަހެއް ކުރިން