logo
Bank of Maldives

Bank of Maldives

ޚަބަރު

އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދޭ ހަމަލާތައް، ސަރުކާރުން ކުށްވެރިކޮށްފި

އިސްމާޢިލް ރާތިޢު
21 މާރިޗު 2026 - 04:51
އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދޭ ހަމަލާތައް، ސަރުކާރުން ކުށްވެރިކޮށްފި

އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ޔަހޫދީން ދެމުންދާ ހަމަލާތައް، ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ދިވެހި ސަރުކާރުން ނެރެފައިވާ ބަޔާނުގައި ވަނީ އީރާނުގެ ސައުތު ޕާރްސް ގޭސް ފީލްޑާ ގުޅިފައިވާ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ޔަހޫދީން ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ބުނެފައެވެ. މިތަނަކީ އެ ސަރަހައްދުގެ ގައުމުތަކުން ހިއްސާވާ ގުދުރަތީ ގޭސް ދަނޑުތަކެއްކަމަށް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.

ހަކަތަ އުފައްދާ އިންފްރާސްޓްރަކްޗަރތަކަށް މިފަދަ ހަމަލާތައް ދިނުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު، މުޅި ސަރަހައްދުގެ ހަމަޖެހުން ގެއްލި، ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ޚާރިޖީ ވުޒާރާއިން ސިފަކޮށްފައިވެއެވެ.

ހަމައެއާއެކު، ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު އަދި ކުވެއިތުގެ ވިޔަފާރި މަރުކަޒުތަކަށާއި ހަކަތަ އުފައްދާ ވަސީލަތްތަކަށް އަމާޒުކޮށް ޔަހޫދީން ދެމުންދާ ހަމަލާތައްވެސް ދިވެހިރާއްޖެއިން ކުށްވެރިކޮށްފައިވެއެވެ.

މިފަދަ މުހިންމު ބިނާތަކަށް ދޭ ހަމަލާތަކުގެ ސަބަބުން ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް އިތުރު ބުރޫއަރައި، ތެޔޮ އުފައްދާ މަރުކަޒުތަކާއި، ފެން އުފައްދާ ޕްލާންޓްތަކާއި އެއާޕޯޓުތައް ފަދަ މުހިންމު ތަންތަނުގެ ރައްކާތެރިކަން ގެއްލޭކަމަށް ވުޒާރަގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ސަރަހައްދަށް ސުލްހައާއި ހަމަޖެހުމާއި ރައްކާތެރިކަން ގެނައުމަށްޓަކައި ވަގުތުން ހަމަލާތައް ހުއްޓާލުމަށާއި ބައިނަލްއަޤުވާމީ މުޖުތަމައުން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުގެ ބަޔާނުގައި ތަކުރާރުކޮށް އިލްތިމާސްކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލާއި އީރާނުން ހަމަލާބަދަލުކުރުން ވަގުތުން ހުއްޓާލުމަށް ޓްރަމްޕް ގޮވާލައްވައިފިދުނިޔެ | 17 ދުވަސް ކުރިންއީރާނާއި އިސްރާއީލުން އަލުން ހަނގުރާމަ ފަށައި މެދުއިރުމަތީގެ މަސްރަހު ހޫނުވެއްޖެދުނިޔެ | 17 ދުވަސް ކުރިންމެލޭޝިޔާގައި ކުލަގަދަ ހަރަކާތްތަކަކާއެކު ދިވެހިން އީދު ފާހަގަކޮށްފިޚަބަރު | މަހެއް ކުރިން ހަނގުރާމަ ހުއްޓާލައި ހޯރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް އީރާނުން އެއްބަސްވެއްޖެ: ރިޕޯޓްދުނިޔެ | މަހެއް ކުރިން