logo
Bank of Maldives

Bank of Maldives

ޚަބަރު

ޚާރިޖީ ވަޒީރު، ރަސްމީ ދަތުރުފުޅެއްގައި ސައުދީއަށް ފުރާވަޑައިގަންނަވައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
29 ޖެނުއަރީ 2025 - 05:01
ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް، ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަތްރެކް އަބްދުﷲ އާ ބައްދަލުކުރައްވަނީ -- ފޮޓޯ: ޚަރިޖީ ވަޒީރު
ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް، ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަތްރެކް އަބްދުﷲ އާ ބައްދަލުކުރައްވަނީ -- ފޮޓޯ: ޚަރިޖީ ވަޒީރު

ސައުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު، ފައިޞަލް ބިން ފަރްޙާން އަލް ސަޢޫދުގެ ދަޢުވަތަކަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ސަޢޫދީ ޢަރަބިއްޔާއަށް ރޭ ފުރާވަޑައިގަންނަވައިފިއެވެ.

ޚާރިޖީ ވުޒާރާއިން ބުނި ގޮތުގައި، ވަޒީރު ޚަލީލްގެ މި ދަތުރުފުޅުގައި ސައުދީގެ ޚާރިޖީ ވަޒީރު ފައިސަލްއާ ބައްދަލުކުރައްވައި، ރާއްޖެ އާއި ސައުދީއާ ދެމެދު އޮންނަ ޒަމާންވީ ރަހްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި، އިތުރު ދާއިރާތަކުން ދެ ގައުމު ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާއި ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ސައުދީގެ މިނިސްޓާ އޮފް ކޮމާސްއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖޭގައި ސައުދީ އިން އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ބުންޏެވެ،

މި ދަތުރުފުޅުގައި ވަޒީރު ޚަލީލްގެ އަރިހުގައި ޚާރިޖީ ވުޒާރާގެ ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ހާލާ ހަމީދާއި އެ ވުޒާރާގެ ޖޮއިންޓް ސެކްރެޓަރީ އަލްފާޟިލާ ޚަދީޖާ ނަޖީހާ ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިސާއާނުލާ ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރެވޭ މުއްދަތު 30 ދުވަހަށް އިތުރުކޮށްފިޚަބަރު | 2 މަސް ކުރިންސަޢޫދީ އަށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިޚަބަރު | 2 މަސް ކުރިންމެލޭޝިޔާގައި ކުލަގަދަ ހަރަކާތްތަކަކާއެކު ދިވެހިން އީދު ފާހަގަކޮށްފިޚަބަރު | 3 މަސް ކުރިންއިސްރާއީލާ ލުބުނާނާ ދެމެދު ހަމަލާތައް ހުއްޓާލުމުން ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިޚަބަރު | 5 މަސް ކުރިން