logo
Bank of Maldives

Bank of Maldives

ދުނިޔެ

ހިސޯރު ނައްތާލަން ގްލޯބަލް ސުމޫދް ފްލޮޓިއްލާގެ އުޅަނދުތައް ޣައްޒާއަށް

އަޙްމަދު ޒަލީފް
1 ސެޕްޓެމްބަރު 2025 - 12:16
ހިސޯރު ނައްތާލަން ގްލޯބަލް ސުމޫދް ފްލޮޓިއްލާގެ އުޅަނދުތައް ޣައްޒާއަށް

ފަލަސްޠީނުގެ ޣައްޒާގެ ހިސޯރު ނައްތާލައި، އެ ސަހަރުގައި ބިކަ ކޮށްލާފައިވާ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި 'ގްލޯބަލް ޞުމޫދް ފްލޮޓިއްލާ'ގެ ނަންދީފައިވާ ހަރަކާތުގެ އުޅަނދުތައް އެ ސަހަރަށް ދިއުމަށް ފުރައިފިއެވެ.

ގްލޯބަލް ޞުމޫދް ފްލޮޓިއްލާގެ އުޅަނދުތައް ބާސެލޯނާގެ ބަނދަރުން ފުރުމުގެ ކުރިން އެ އުޅަނދުތަކާއި ދަތުރުގެ ބައިވެރިންނަށް ވަދާޢު ކިޔުމަށް އެތަކެއް ސަތޭކަ ބަޔަކު ބަނދަރު ކައިރިއަށް ޖަމާވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ދަތުރުގެ ބައިވެރިންނަށް ވަދާޢު ކިއުމަށް އެއްވި މީހުންގެ އަދަދު ހީކުރި ވަރަށްވުރެ ގިނަ. މިހާ ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް އެއްވެސް ފަރާތަކުން އުންމީދެއް ނުކުރޭ. ހިތްވަރު އިތުރުވެއްޖެ. މި ޚާއްޞަ މަސައްކަތުގައި ބައިވެރިވާ މީހުންނަކީ އެއް ބަޔަކު އަނެއް ބަޔަކަށް ނުދަތް ނަމަވެސް، ކޮންމެ ފަރާތަކަށް ވެސް ވަކި ދައުރެއް އޮވޭ،" ފްލޮޓިއްލާގެ އުޅަނދެއްގައި ދަތުރު ކުރާ ނޫސްވެރިއަކު ކިޔައިދިނެވެ.

ޣައްޒާއަށް ކަނޑުމަގުން ކުރާ ދަތުރުގެ ބައިވެރިން ފުރާފައި ވަނީ ސްޕެއިންގެ ބަނދަރުމަތީ ރަށް ބާސެލޯނާއިންނެވެ. މިއީ، ކަނޑުމަގުން ދަތުރުކޮށް، ޣައްޒާގެ ފުރަބަންދު ފޫއަޅުވައިލުމަށް އިންސާނީ އެހީތެރިކަމަށް ވަކާލާތު ކުރާ ޖަމުޢިއްޔާތަކުން އިސްނަގައިގެން މަސައްކަތް ކުރާ ތިންވަނަ ފަހަރެވެ.

SJl5SeQcgx_0_0_3000_2002_0_x-large.jpg

ޣައްޒާގެ ފުރަބަންދު ފޫއަޅުވައިލުމަށް ގްލޯބަލް ޞުމޫދް ފްލޮޓިއްލާގެ އުޅަނދުތަކުން މަސައްކަތް ފަށާފައި މި ވަނީ، ޣައްޒާގެ ރައްޔިތުންނަށް ބަނޑުހައި ހޫނުކަމުގެ ހާލަތެއް ކުރިމަތިވެފައިވާ ކަން އެކުވެރި ދައުލަތްތައް (އދ)ން ވެސް ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި، ޣައްޒާގައި ދިރިއުޅޭ މިލިޔަނަކަށް ވުރެ ގިނަ މީހުން އަމިއްލަ ވަޒަނުން ބޭރުކޮށް، އަޅުވެތި ކުރުމަށް ކުރަމުންދާ މަސައްކަތްތައް ޔަހޫދީ ފައުޖުން އިތުރަށް ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ގްލޯބަލް ޞުމޫދް ފްލޮޓިއްލާގެ އުޅަނދުތަކުގައި ޣައްޒާއަށް ދަތުރު ކުރާ މީހުންގެ ތެރޭގައި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނާއި، ވިލާތުގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ބައެއް ޤައުމުތަކުގެ މަޝްހޫރު މީހުން ހިމެނެއެވެ. އެ އުޅަނދުތަކަށް ޣައްޒާއާ ހަމައަށް ދަތުރު ކުރެވޭނެ ކަމަށް ބެލެވެނީ މި ހިނގާ ސެޕްޓެންބަރު މަހުގެ މެދުތެރޭގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިތުރު ޒަކާތުގެ ފައިސާއިން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދީފިޚަބަރު | 4 މަސް ކުރިންގެއްލިގެން ދިޔަ ޣައްޒާގެ އަޑު: އަބޫ އުބައިދާ ދުނިޔެ | 7 މަސް ކުރިންދުވަހަކުވެސް ޣައްޒާއަކުން ނުފައިބާނަން: ކަޓްޒްދުނިޔެ | 7 މަސް ކުރިންހަނގުރާމައިގެ ހާލަތުގައިވާ ޣައްޒާގެ އެތައް ހާސް ބަޔަކު ތޫފާނެއްގެ ނުރައްކަލަށް ހުށަހެޅިއްޖެދުނިޔެ | 7 މަސް ކުރިން