logo
Bank of Maldives

Bank of Maldives

ދުނިޔެ

ޣައްޒާ ފަހުނޭވާގައި: ކާނެ އެއްޗެއް ނުލިބި އިތުރު 13 ކުއްޖަކު ޝަހީދުވެއްޖެ

އަޙްމަދު ޒަލީފް
2 ސެޕްޓެމްބަރު 2025 - 12:39
ޣައްޒާ ފަހުނޭވާގައި: ކާނެ އެއްޗެއް ނުލިބި އިތުރު 13 ކުއްޖަކު ޝަހީދުވެއްޖެ

ފާއިތުވި 24 ގަޑިއިރު ތެރޭގައި ކާބޯތަކެތި ނުލިބުމާ ގުޅިގެން ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާއިން 13 މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއާ ހަވާލާދީ އަލްޖަޒީރާއިން ބުނެފިއެވެ.

އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން ކާބޯތަކެތީގެ ދަތިކަމާއި ޣައްޒާއަށް އެހީ ދިނުމަށް ކަނޑައެޅިފައިވާ ހުރަސްތަކުގެ ތެރޭގައި އެ ސަރަހައްދުގެ 40،000 ތުއްތު ކުދިންނަށް މަލްނިއުޓްރިޝަންގެ ޝިކާރައަކަށް ވެފައި ވެއެވެ

Ad by Hajj Corporation

Ad by Hajj Corporation

ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި "ބަނޑުހައިހޫނުކަމާއި މަލްނިއުޓްރިޝަންގެ ސަބަބުން" ތިން ކުޑަކުދިން ހިމެނޭ ގޮތަށް 13 މީހަކު ޝަހީދުވެފައިވާ ކަމަށެވެ

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ކުރިމަތި ކުރަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު ވަނީ 63،000 އަށް ވުރެ މައްޗަށް އަރާފައެވެ.

އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމުގެ ސަބަބުން އެންމެ ބޮޑު ނިކަމެތިކަމެއް ލިބިފައިވަނީ ކުށެއް ނެތް އާންމު ރައްޔިތުންނަށެވެ. ޣައްޒާގެ އެތައް މިތަނަށް ބޮން އެޅުމުގެ އިތުރުން، ނިރުބަވެރިން ދަނީ އެކި ގޮތްގޮތުން ޣައްޒާއަށް އެހީތައް ވަނުން ހުއްޓުވަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްތީނުގައި ދައުލަތެއް އުފެއްދުމުގެ ގަރާރު ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި ޚަބަރު | މަހެއް ކުރިންޔަހޫދީން ގަތަރުގެ ވެރިރަށް ދޯހާއަށް ހަމަލާދީފި ދުނިޔެ | މަހެއް ކުރިންފަލަސްތީނުގެ 14 މީހަކު މިނިވަންކޮށްފި ދުނިޔެ | މަހެއް ކުރިންޣައްޒާ ފަހުނޭވާގައި: ރައްޔިތުން ބަނޑަށް ޖެއްސުމަށް ކުރާ މަސައްކަތަށް ނިމުމެއް ނެތް ދުނިޔެ | މަހެއް ކުރިން