logo
Bank of Maldives

Bank of Maldives

ދުނިޔެ

ފަލަސްތީނުގެ 14 މީހަކު މިނިވަންކޮށްފި

އަޙްމަދު ޒަލީފް
8 ސެޕްޓެމްބަރު 2025 - 15:00
ފަލަސްތީނުގެ 14 މީހަކު މިނިވަންކޮށްފި

ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ހައްޔަރު ކުރި ފަލަސްތީނުގެ 14 މީހަކު ދޫކޮށްލައިފިއެވެ.

އިސްރާއީލުން މިއަދު ފަލަސްތީނުގެ 14 މީހަކު މިނިވަން ކޮށްފައިވާއިރު، އެއީ ކޮން ދުވަހަކު އިސްރާއީލުން ހައްޔަރުކޮށްފައިވާ ބައެއް ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްރާއީލުން ދޫކޮށްލި މީހުންގެ ތެރޭގައި 17 އަހަރުގެ ކުއްޖަކާއި 18 އަހަރުގެ މީހަކު ވެސް ހިމެނެއެވެ.

އިސްރާއީލުން ފަލަސްތީނުގެ 14 މީހުން ދޫކުރި ނަމަވެސް، 7 އޮކްޓޫބަރު 2023 އިން ފެށިގެން މިހާތަނަށް ފަލަސްތީނުގެ އެތައް ހާސް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އެހެން ކަމުން އަދިވެސް އިސްރާއީލުގެ ހައްޔަރުގައި ފަލަސްތީނުގެ ގިނަ ބަޔަކު ތިބި ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭ ކާބޯތަކެތި ލިބުމުން މަހްރޫމްވެ، ބަނޑުހައިހޫނުކަން ތަހައްމަލު ކުރަން ޖެހުމުގެ ސަބަބުން ފަސަލްތީނުގެ ޣައްޒާގައި އިތުރު 6 މީހަކު ވަނީ ޝަހީދުވެފައެވެ.

ފަލަސްތީނުގެ ޣައްޒާއަށް އެހީ ވަނުން އިސްރާއީލުން މަނާކޮށް، ޣައްޒާ ރައްޔިތުން ބަނޑަށް ޖެއްސުމަށް ކުރާ މަސައްކަތް ނިމުމަކަށް ގެނައުމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިދިޔަ ހަފްތާގައި ވަނީ އިސްރާއީލަށް ގޮވާލައިފިއެވެ.

ޑަބްލިއުއެޗްއޯގެ ވެރިޔާ، ޓެޑްރޯސް އަދަނޮމް ގެބްރެޔެސަސް ވަނީ އިސްރާއީލުން ޣައްޒާއަށް ކުރިމަތިކުރާ ހަނގުރާމަ ފެށުނު ފަހުން މަދުވެގެން 370 މީހުން ކާނާ ނުލިބުމުގެ ސަބަބުން ޝަހީދުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

ފަލަސްތީނުގެ ގައިދީންނާއި ބެހޭ އޮފީހާއި ހަވާލާދީ، އަލްޖަޒީރާ ނޫހުން ބުނީ، އިސްރާއީލުގެ އަސްކަރިއްޔާއިން ހައްޔަރުކުރި ފަލަސްތީނުގެ 14 މީހުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ އޮފީހުން ވަނީ އެ މީހުންގެ ވަނަވަރުތައް ވެސް އާންމު ކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެއްލިގެން ދިޔަ ޣައްޒާގެ އަޑު: އަބޫ އުބައިދާ ދުނިޔެ | 2 ދުވަސް ކުރިންދުވަހަކުވެސް ޣައްޒާއަކުން ނުފައިބާނަން: ކަޓްޒްދުނިޔެ | 6 ދުވަސް ކުރިންހަނގުރާމައިގެ ހާލަތުގައިވާ ޣައްޒާގެ އެތައް ހާސް ބަޔަކު ތޫފާނެއްގެ ނުރައްކަލަށް ހުށަހެޅިއްޖެދުނިޔެ | 21 ދުވަސް ކުރިންނަމަކަށް ހަމަލާތައް ހުއްޓާލިފަހުންވެސް ފަލަސްތީންގެ 375 މީހުން ޝަހީދުކޮށްލައިފިދުނިޔެ | މަހެއް ކުރިން