logo
Bank of Maldives

Bank of Maldives

ދުނިޔެ

ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބެލްޖިއަމުންވެސް ބަލައިގަންނަނީ

އަޙްމަދު ޒަލީފް
2 ސެޕްޓެމްބަރު 2025 - 11:46
ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބެލްޖިއަމުންވެސް ބަލައިގަންނަނީ

ޔަހޫދީންނާއި އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއަށް ގޮންޖަހައި، ފަލަަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް ނިންމާފައިވާ ކަން ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ މެންބަރު ޤައުމެއް ކަމުގައިވާ ބެލްޖިޔަމުން ނިންމައިފިއެވެ.

މި ކަން އިޢުލާނު ކުރައްވާފައި ވަނީ ބެލްޖިޔަމްގެ ޚާރިޖީ ވަޒީރު މެކްސީމް ޕްރެވޯއެވެ. ބެލްޖިޔަމުން ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް ނިންމާފައި ވަނީ މި މަހު އެމެރިކާގެ ނިއު ޔޯކްގައި ބާއްވާ އެކުވެރި ދައުލަތްތައް (އދ)ގެ ޢާންމު މަޖިލީހުގެ ޖަލްސާގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމުގެ ގޮތުން އެކުލަވައިލާފައިވާ 'ނިއި ޔޯކް ޑެކްލަރޭޝަން' ޤަރާރުގައި ސޮއި ކުރުމަށް ބެލްޖިޔަމްގެ ސަރުކާރުން ނިންމާފައިވާ ކަން ޕްރެވޯ ހާމަ ކުރައްވާފައި ވަނީ އެކްސްގައި ޝާއިޢު ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޤަރާރާ އެކު، ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީންނާއި މުސްލިމުންނަށް މިނިވަން ދެ ދައުލަތް ޤާއިމު ކޮށްދިނުމަށް މަގު ކޮށައިދެވޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ. ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަންނާނެ ކަން އިޢުލާނު ކުރަމުންދާ ޤައުމުތަކުގެ އަދަދު އިތުރުވަމުން ދިޔުމާ އެކު ޒަޔަނިސްޓު އިސްރާއީލް ވަނީ ރުޅިގަދަވެފައެވެ.

ޕްރެވޯ ވިދާޅުވީ، ފަލަސްޠީނުގެ މިިނިވަން ކަން ބަލައިގަތުމަށް ބެލްޖިޔަމުން ނިންމާފައި ވަނީ، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް ޔަހޫދީން ކުރިމަތި ކޮށްފައިވާ އިންސާނީ މުސީބާތާ ދެކޮޅު ހެދުމުގެ ގޮތުން ކަމުގައެވެ. އަދި، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޣައިރުޤާނޫނީ ޖަރީމާތަކަށް ނޫނެކޭ ބުނުމުގެ ގޮތުން ކަމުގައެވެ.

ޣައްޒާ ނަސްލު ނެތިކޮށްލުމަށް ފަށާފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އެ ޤަތުލުޢާންމުގެ ތެރެއިން ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 63,000 އަށް އުފުލިފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި އުމޫރުންނެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 158,000އަށް އުފުލިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިތުރު ޒަކާތުގެ ފައިސާއިން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދީފިޚަބަރު | 4 މަސް ކުރިންގެއްލިގެން ދިޔަ ޣައްޒާގެ އަޑު: އަބޫ އުބައިދާ ދުނިޔެ | 7 މަސް ކުރިންދުވަހަކުވެސް ޣައްޒާއަކުން ނުފައިބާނަން: ކަޓްޒްދުނިޔެ | 7 މަސް ކުރިންހަނގުރާމައިގެ ހާލަތުގައިވާ ޣައްޒާގެ އެތައް ހާސް ބަޔަކު ތޫފާނެއްގެ ނުރައްކަލަށް ހުށަހެޅިއްޖެދުނިޔެ | 7 މަސް ކުރިން