logo
Bank of Maldives

Bank of Maldives

ޚަބަރު

ވިނަރެސްގެ އެޗްޑީސީ ކަސްޓަމާ ކެއާ އޮފީހުން ބިލްތައް ދެއްކޭނެ

އައިމިނަތު މޫސާ
1 ސެޕްޓެމްބަރު 2025 - 12:40
ވިނަރެސްގެ އެޗްޑީސީ ކަސްޓަމާ ކެއާ އޮފީހުން ބިލްތައް ދެއްކޭނެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރުގައި، ގާއިމްކޮށްފައިވާ ހައުސިން ޑިޕެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކަސްޓަމަރ ކެއާ އޮފީހުން ބިލްތައް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

އެޗްޑީސީން ދެމުންއަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ވިނަރެސްގައި އެޗްޑީސީގެ އޮފީހެއް ހުޅުވީ މިދިޔަ މެއި މަހުއެވެ.  

Ad by Hajj Corporation

Ad by Hajj Corporation

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކޮށް، ފަސޭހައިން އެޗްޑީސީގެ ކަސްޓަމާ ކެއާ މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ މަގު ފަހިކުރުމަށް ގާއިމްކުރި އޮފީހެކެވެ. މި އޮފީސް ގާއިމްކޮށްފައިވަނީ ވިނަރެސްގެ ހަވަނަ ޓަވަރުގެ އެއްވަނަ ފަންގިފިލާގައެވެ. 

އެގޮތުން ކަސްޓަމަރުންނަށް މައުލޫމާތު ސާފުކޮށްދިނުމާއި، އެކި ކަހަކަ ފޯމު އެޕްލިކޭޝަންތަކާއި ފައިސާ ބަލައިގަތުމުގެ ހިދުމަތްވެސް އެ އޮފީހުން ލިބޭނެއެވެ. 'ހިޔާ' ޓަވަރުގައި ގާއިމްކޮށްފައިވާ އެޗްޑީސީގެ އޮފީސް ދާއިމީކޮށް ބަންދުކުރުމާ ގުޅިގެން، އެ އޮފީހުން ދެމުންއައި ހުރިހާ ހިދުމަތެއްވެސް މިހާރު ދެމުން އަންނަނީ 'ވިނަރެސް' އެޗްޑީސީ އޮފީހުންނެވެ.

އެޗްޑީސީން ބުނީ، މިއީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކޮށް، ފަސޭހައިން އެޗްޑީސީގެ ކަސްޓަމާ ކެއާ މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ މަގު ފަހިކުރުމަށް ގާއިމްކުރި އޮފީހެއްކަމަށެވެ. އެގޮތުން، ކަސްޓަމަރުންނަށް މައުލޫމާތު ސާފުކޮށްދިނުމާއި، އެކި ކަހަކަ ފޯމު އެޕްލިކޭޝަންތަކާއި ފައިސާ ބަލައިގަތުމުގެ ހިދުމަތްވެސް މި އޮފީހުން ލިބޭނެކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް މަގަފަހިކޮށްދިނުމަށްކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޗްޑީސީގެ "ސިލްވަ ޖުބްލީ" ފާހަގަކުރަން ހާއްސަ ހަރަކާތްތަކެއް!ޚަބަރު | 15 ދުވަސް ކުރިންފޭސް 2 ގައި ޤާއިމްކުރި ރޯދަ މަރކޭޓް ހުޅުވައިފިޚަބަރު | 22 ދުވަސް ކުރިންހުޅުމާލޭގައި ހިލޭ ކުރިއަށް ގެންދާ ގުރުއާން ކްލާސްތަކަށް ބޮޑު ތަރުހީބެއް!ޚަބަރު | މަހެއް ކުރިންރޯދައަށް އުކާލާ ކުނި މަގުމަތީގައި ނުބެހެއްޓުމަށް އަންގައިފިޚަބަރު | މަހެއް ކުރިން