logo
Bank of Maldives

Bank of Maldives

ޚަބަރު

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރަން ބޭނުންވާ ފަންނީ ގާބިލުކަމުގެ އޮނިގަނޑު އެކުލަވާލައި އަމަލުކުރަން ފަށައިފި

އާމިނަތު ޝަފާ
2 ސެޕްޓެމްބަރު 2025 - 07:26
ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރަން ބޭނުންވާ ފަންނީ ގާބިލުކަމުގެ އޮނިގަނޑު  އެކުލަވާލައި އަމަލުކުރަން ފަށައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަންއަށް ޤާނޫނު އަސާސީއާއި، ކޮމިޝަނުގެ ޤާނޫނުން މަތިކޮށްފައިވާ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް އެކުލަވާލާފައިވާ ތަޞައްވުރަށް ވާޞިލުވުމަށާއި، ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ކޮމިޝަނުން ޤަބޫލުކުރާ ހަމަތައް ނެގެހެއްޓުމަށް ކޮމިޝަނުގެ މުވައްޒަފުންގެ ކިބައިގައި ހުންނަންޖެހޭ ސުލޫކީ ޤާބިލުކަމާއި، ފަންނީ ޤާބިލުކަން ކަނޑައަޅާފައިވާ މައި އޮނިގަނޑު މިއަދު އިފްތިތާޙުކޮށްފިއެވެ.

މި ފްރޭމްވާކް އިފްތިތާޙުކޮށްދެއްވީ ކޮމިޝަނުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ، ޑރ. މަޙްމޫދު ޝައުޤީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފްރޭމްވޯކްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި މަޤާމުގެ މަސައްކަތަށް ބޭނުންވާ ސިފަތަކާއި ހުނަރުތައް ލިޔެވި ފެންނަން އޮތުމާއި، ނަތީޖާ ރަނގަޅުކުރުމަށް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރަންޖެހޭ ކަންތައްތަކަކީ ކޮބައިކަން ބަޔާންކުރުމުގެ އިތުރުން ކޮމިޝަނުގެ މުވައްޒަފުން އުނގެނި ދަސްކުރުމަށް ބޭނުންކުރެވޭނެ މަގުޗާޓެއް ތައްޔާރުކުރެވިފައި އޮތުން ހިމެނެއެވެ.

މި އޮނިގަނޑު އެކުލެވިގެންވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ "ޖެނެރަލް ކޮމްޕީޓެންސީ"، "ޓެކްނިކަލް ކޮމްޕީޓެންސީ" އަދި "މެނޭޖީރިއަލް ކޮމްޕީޓެންސީ"އެވެ. މީގެ ތެރެއިން "ޖެނެރަލް ކޮމްޕީޓެންސީ"އަކީ ހުރިހާ މުވައްޒަފުންގެ ކިބައިގައިވެސް ހުންނަންޖެހޭ އަސާސީ ސިފަތަކާއި ހުނަރުތަކެވެ. "ޓެކްނިކަލް ކޮމްޕީޓަންސީ"އަކީ އެ މަޤާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން އެނގެންޖެހޭ ޢިލްމާއި މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ފަންނީ ޤާބިލުކަމެވެ. އަދި "މެނޭޖީރިއަލް ކޮމްޕިޓެންސީ"އަކީ ވެރިންނަށް އެމީހުންގެ މަސްއޫލިއްޔަތުތައް ހަރުދަނާކަމާއެކު އަދާކުރުމަށާއި، އިދާރާގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓީމުތަކަށް މަގުދެއްކުމަށް ބޭނުންވާ ހުނަރުތަކާއި، މަޢުލޫމާތާއި، އަމަލުތަކާއި އަދި ސިފަތަކެވެ.

މި ފްރޭމްވޯކްގައި ކޮންމެ ކޮމްޕީޓެންސީއެއްގައި ތިން ފަންތިއެއް ކަނޑައަޅާފައިވެއެވެ. އެއީ ބޭސިކް ލެވެލް (ލެވެލް 1)، އިންޓަމީޑިއޭޓް ލެވެލް (ލެވެލް 2) އަދި އެޑްވާންސް ލެވެލް (ލެވެލް 3) އެވެ. މި ލެވެލްތައް ކަނޑައަޅާފައިވަނީ މުވައްޒަފުންގެ މަޤާމުތަކާއި ފަންތިތަކަށް ބަލައިގެންނެވެ.

މި ފްރޭމްވާކްގެ ސަބަބުން މުވައްޒަފުންނަށް އެ މުވައްޒަފެއްގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ސިފަތަކާއި ހުނަރުތަކަކީ ކޮބައިކަން ސާފުކޮށް އެނގި ކޮމިޝަނަކީ ޤާބިލު މުވައްޒަފުންތަކެއް މަސައްކަތްކުރާ، ނަތީޖާ ނެރޭ މުއައްސަސާއަކަށް ވެގެންދާނެކަމަށް އޭސީސީން މައުލޫމާތުދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައީދުގެ 2 ވަނަ ޝަރީއަތް ފަށައިފިޚަބަރު | 6 ދުވަސް ކުރިންރިޝްވަތަށް އެދުމުގެ މައްސަލައެއްގައި ކަސްޓަމްސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓެއްގެ މައްޗަށް ދައުވާކުރަނީޚަބަރު | 9 ދުވަސް ކުރިންފައްޔާޒު އޭސީސީއަށް ހާޒިރުކުރަނީ ޚަބަރު | 13 ދުވަސް ކުރިންކުރީ ސަރުކާރުގެ ކޮރަޕްޝަން: މަހާ ޖައްރާފު މަރާމާތުކުރުމުގައި ވެސް އެތައް ގުނައެއް އިތުރަށް ޚަރަދުކޮށްފައިވޭޚަބަރު | 19 ދުވަސް ކުރިން