logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަހަރު އޭސީސީއަށް އެންމެ ގިނައިން ހުށަހެޅީ ޕްރޮކިއުމެންޓާ ބެހޭ މައްސަލަތައް

އާމިނަތު ޝަފާ
9 ނޮވެމްބަރު 2025 - 10:48
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން

މިއަހަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެންމެ ގިނައިން ހުށަހެޅީ ޕްރޮކިއުމެންޓާ ބެހޭ މައްސަލަތައް ކަމަށް އެ ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އޭސީސީއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ކޮމިޝަނުގައި މިއަހަރުގެ މިހާތަނަށް ޖުމްލަ 142 މައްސަލަތައް ރަޖިސްޓާ ކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭގެ ތެރޭގައި ޕްރޮކިއުމަންޓާ ގުޅުންހުރި 73 މައްސަލަ ހިމެނޭއިރު ދައުލަތުގެ ފައިސާއާއި ތަކެތި ބޭނުންކުރުމާ ގުޅޭ 30 މައްސަލައެއްވަނީ ރަޖިސްޓްރީކޮށްފައެވެ.

އަދި މީގެއިތުރުން ވަޒީފާއާ ގުޅުންހުރި 17 މައްސަލަ އަދި ކުއްޔަށް ދޫކުރެވޭ ބިންތަކާއި ތަކެއްޗާ ގުޅުންހުރި 22 މައްސަލައެއް ވަނީ ރަޖިސްޓްރީކޮށްފައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އޭސީސީގައި ރަޖިސްޓްރީކުރި 53.8 އިންސައްތަ މައްސަލަ ހުށަހެޅީ އަތޮޅު ތެރެއިންކަމަށް އޭސީސީއިން މައުލޫމާތުދެއެވެ. އަދި ބާކީ 46.2 އިންސައްތަ މައްސަލަ ހުށަހަޅާފައި ވަނީ މާލެއިންނެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގެ މިހާތަނަށް އޭސީސީގައި ރަޖިސްޓްރީކުރި 36.9 އިންސައްތަ މައްސަލަ ހުށަހަޅާފައި ވަނީ މާލެއިންނެވެ. އަދި އަތޮޅުތަކުން ރަޖިސްޓްރީކުރީ 63.1 އިންސައްތަ މައްސަލައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮރަޕްޝަން ހުއްޓުވަން އޭސީސީއާއި ސްޓެލްކޯއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިޚަބަރު | 7 ދުވަސް ކުރިންއެމް.އެމް.ޕީ.އާރު.ސީގެ ހިޔާނާތުގެ މައްސަލައިގައި އެމް.އެޗް.އާރު ކުންފުންޏަށް ދަޢުވާކުރަން ޕީޖީއަށްޚަބަރު | 11 ދުވަސް ކުރިންއެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި އަމިއްލަ ކުންފުންޏަކަށް ދަޢުވާކުރަނީޚަބަރު | 3 މަސް ކުރިންރިޝްވަތުގެ އެހީގައި މަޤާމުތަކަށް އަންނަ ފަރާތްތަކަކީ އަމިއްލަ މަސްލަހަތަށް މަސައްކަތްކުރާނެ ބައެއް: އޭސީސީޚަބަރު | 7 މަސް ކުރިން