logo
Bank of Maldives

Bank of Maldives

ޚަބަރު

ރިޝްވަތަށް އެދުމުގެ މައްސަލައެއްގައި ކަސްޓަމްސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓެއްގެ މައްޗަށް ދައުވާކުރަނީ

އާމިނަތު ޝަފާ
12 އޮކްޓޯބަރު 2025 - 15:18
ރިޝްވަތަށް އެދުމުގެ މައްސަލައެއްގައި ކަސްޓަމްސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓެއްގެ މައްޗަށް ދައުވާކުރަނީ

ރިޝްވަތަށް އެދުމުގެ މައްސަލައެއްގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓެއްގެ މައްޗަށް ދައުވާކުރަން އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން ބުނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓް، ރިޝްވަތަށް އެދިފައިވާ މައްސަލައިގައި ދަޢުވާކޮށްދިނުމަށް މިދިޔަ ބުދަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލާގައި ދަޢުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓް، ހ. ނިއުހެޕިނަސް، މާލެ މުޢާޛު ޢަލީ މައްޗަށެވެ.

އޭސީސީން ބުނީ 2018ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން ރާއްޖެ އެތެރެކުރި 450 ސިނގިރޭޓް ކޭސް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހުޅުމާލޭ ބޮންޑެޑް ވެއަރހައުސްގައި ބެހެއްޓުމަށްފަހު، އެ ކޭސްތަކުގެ ތެރެއިން 430 ސިނގިރޭޓް ކޭސް ރީ-އެކްސްޕޯޓްކުރުމަށް ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް ހުޅުމާލޭ ބޮންޑެޑް ވެއަރހައުސްއިން ދޫކޮށްފައިވީނަމަވެސް، އެ ސިނގިރޭޓް ކޭސްތައް ރީ-އެކްސްޕޯޓްކޮށްފައިނުވާތީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބަލަމުންދިޔަ މައްސަލަ، އެ ކުންފުންޏަށް ފަހިވާގޮތަށް ނިންމުމުގެ މުގާބިލުގައި އެ އަމިއްލަ ކުންފުނީގެ ދެ ފަރާތެއްގެ ކިބައިން މުޢާޛު ޢަލީ ރިޝްވަތަށް އެދިފައިވާކަން ތަޙުޤީގަށް ހޯދިފައިވާކަމަށެވެ.

މި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510ވަނަ މާއްދާގެ (ހ)ގެ ދަށުން އެނގިހުރެގެން މަންފާއަކަށް އެދުމާއި، ޤަބޫލުކުރުމާއި، ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ޤަބޫލުކުރުމަށް އެއްބަސްވުމުގެ ކުށުގެ ދަޢުވާއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިޝްވަތަށް އެދުމުގެ މައްސަލައެއްގައި ކަސްޓަމްސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓެއްގެ މައްޗަށް ދައުވާކުރަނީޚަބަރު | 2 ދުވަސް ކުރިންފައްޔާޒު އޭސީސީއަށް ހާޒިރުކުރަނީ ޚަބަރު | 5 ދުވަސް ކުރިންކުރީ ސަރުކާރުގެ ކޮރަޕްޝަން: މަހާ ޖައްރާފު މަރާމާތުކުރުމުގައި ވެސް އެތައް ގުނައެއް އިތުރަށް ޚަރަދުކޮށްފައިވޭޚަބަރު | 12 ދުވަސް ކުރިންއެމްއެމްޕީއާރުސީ މައްސަލައިގައި މިހާތަނަށް، 123 މިލިޔަން ރުފިޔާ އަނބުރާ ހޯދަން އަންގައިފިޚަބަރު | 12 ދުވަސް ކުރިން