logo
MPL

MPL

ޚަބަރު

ސަމާހުގެ ކޮރަޕްޝަނާ ގުޅޭ މައްސަލައެއް އޭސީސީ އަށް ހުށަހަޅައިފި

މުޙައްމަދު އަފްރާޙް
12 ޖެނުއަރީ 2026 - 07:28
ސަމާހުގެ ކޮރަޕްޝަނާ ގުޅޭ މައްސަލައެއް އޭސީސީ އަށް ހުށަހަޅައިފި

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމުން އިއްޔެ ވަކިކުރި އަޙްމަދު ޝަމާޙް ރަޝީދުގެ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީއަށް ހުށަހަޅައިފިއެވެ.

އޭނާގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް ހުށަހެޅިފައިވާކަން އޭސީސީން ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކަށް ޔަޤީންކޮށްދެއްވާފައެވެ. ނަމަވެސް އެކަމާގުޅޭ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސްޓެލްކޯގެ ބޯޑު މެންބަރުކަމުންނާއި މެނޭޖިންގ ޑިރެކްޓަރގެ މަގާމުން ސަމާހު ވަކިކޮށްފައިވަނީ ޕްރައިވެޓައިޒޭޝަން ކޯޕްރަޓައިޒޭޝަން ބޯޑުން، އޭނާ އެމަޤާމަށް އައްޔަން ކުރިތާ 4 މަސް ފަހުންނެވެ.

އޭނާ މަގާމުން ވަކިކުރިފަހުން އޭނާގެ އޯޑިއޯއެއް ކަމަށް ތުހުމަތު ކުރެވޭ އޯޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މި އޯޑިއޯގައި ދެމީހެއްގެ އަޑު އިވޭއިރު، އެކަކީ ޝަމާހް ކަމަށް ތުހުމަތުކުރެއެވެ. އެ އޯޑިއޯގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރަމުންދާ ކަމުގެ ވާހަކަތަކެއް ދައްކާ އަޑުއިވެއެވެ.

ޝަމާހް ވަނީ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން އޯޑިއޯ އަކީ އަސްލެއް ނޫން ކަމަށް ބުނެފައެވެ.

ޝަމާހް މަޤާމުން ވަކިކުރުމާއެކު ސްޓެލްކޯގެ ހިންގުން ވަގުތީ ގޮތުން، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޑރ. އަލީ އަޒުވަރާ ވަނީ ހަވާލުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ ނިންމެވުމާ އެއްގޮތަށް، ފެނަކައިގެ ޚިދުމަތްތައް ސްޓެލްކޯއަށް ބަދަލުކޮށް ނިންމާލައިފިޚަބަރު | 4 ދުވަސް ކުރިންއޭސީސީގެ އިންވެސްޓިގޭޓަރުން މަދުވުމުގެ މައްސަލަ ޙައްލުކުރަން ޑިޕްލޮމާ ކޯހެއް ފަށަނީޚަބަރު | 4 ދުވަސް ކުރިންތިނަދޫ ސިޓީގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއިން ރަސްމީކޮށް ފަށައިފިޚަބަރު | 13 ދުވަސް ކުރިންސްޓެލްކޯއިން ތިނަދޫ ކަރަންޓުގެ ހިދުމަތާ ހަވާލުވެއްޖެ ވިޔަފާރި | 14 ދުވަސް ކުރިން