logo
Bank of Maldives

Bank of Maldives

ޚަބަރު

ފައިސަލްގެ މައްސަލަތަކެއް އޭސީސީން ބަލަން ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
23 ނޮވެމްބަރު 2025 - 16:04
ފައިސަލްގެ މައްސަލަތަކެއް އޭސީސީން ބަލަން ފަށައިފި

ހައި ކޯޓުގެ ފަނޑިޔާރުކަމުން މިއަދު އިސްތިއުފާ ދެއްވި މުހައްމަދު ފައިސަލްއަށް ކުރެވޭ ކޮރަޕްޝަން އަދި މަނީ ލޯންޑަރިންގެ ތުހުމަތުތަކެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ ކަމަށް އެ ކޮމިޝަނުން މިރޭ ބުނެފި އެވެ.

އޭސީސީން ބުނި ގޮތުގައި، މި މައްސަލަތައް އެ ތަނަށް ހުށަހެޅީ ފުލުހުންގެ ފަރާތުންނެވެ. މިހާރު މި މައްސަލަތައް ދަނީ ބަލަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފައިސަލް މިއަދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ނަމަވެސް، އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވަ އެވެ. އެކަމަކު، އޭނާގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވެސް މިހާރު ދަނީ ބަލަމުންނެވެ.

ފައިސަލް ވަނީ މިއަދު މެންދުރު ޓެރަރިޒަމްގެ މައްސަލައެއްގެ ބެންޗުގައި ހިމެނިވަޑައިގެން، މައްސަލައެއް ބައްލަވައިފަ އެވެ.

އޭނާ މިދިޔަ ހަފުތާގައި ވަނީ ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމުން ވެސް އިސްތިއުފާ ދެއްވައިފަ އެވެ.

ފައިސަލް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ ޖުލައި 24، 2018 ގައެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހުކޮޅުގަ އެވެ.

އޭނާ ވަނީ ކުއްލިޔަތުއް ދިރާސާތުލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލްކުރައްވައިފަ އެވެ. އޭސީސީން މިހާރު ބަލަމުންދާ ކޮރަޕްޝަން އަދި މަނީ ލޯންޑަރިންގެ މައްސަލަތަކާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮރަޕްޝަން ހުއްޓުވަން އޭސީސީއާއި ސްޓެލްކޯއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިޚަބަރު | 7 ދުވަސް ކުރިންއެމް.އެމް.ޕީ.އާރު.ސީގެ ހިޔާނާތުގެ މައްސަލައިގައި އެމް.އެޗް.އާރު ކުންފުންޏަށް ދަޢުވާކުރަން ޕީޖީއަށްޚަބަރު | 11 ދުވަސް ކުރިންއެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި އަމިއްލަ ކުންފުންޏަކަށް ދަޢުވާކުރަނީޚަބަރު | 3 މަސް ކުރިންރިޝްވަތުގެ އެހީގައި މަޤާމުތަކަށް އަންނަ ފަރާތްތަކަކީ އަމިއްލަ މަސްލަހަތަށް މަސައްކަތްކުރާނެ ބައެއް: އޭސީސީޚަބަރު | 7 މަސް ކުރިން