logo
ޚަބަރު

މަޖިލިސް މެމްބަރުންގެ މާލީ ބަޔާންތައް އާންމުކޮށްފި

އަޙްމަދު ޒަލީފް
3 ސެޕްޓެމްބަރު 2025 - 11:49
މަޖިލިސް މެމްބަރުންގެ މާލީ ބަޔާންތައް އާންމުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް އާންމުކޮށްފިއެވެ.

2024 ވަނަ އަހަރު ހުވާކުރި އައު މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް ހުށަހަޅަންޖެހޭނީ މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހާ ހަމައަށެވެ. އެ މުއްދަތު މިދިޔަ އާދީއްތަ ދުވަހަށް ހަމަވެފައިވާއިރު މިހާރު ބައެއް މެންބަރުން މާލީ ބަޔާން ހުށަހަޅާފައިވާ ކަމަށް މަޖިލީހުން ހާމަކޮށްފައިވެއެވެ.

މެންބަރުން މާލީ ބަޔާން ހުށަހެޅުމަކީ މަޖިލީހުގެ ގަވާއިދުގެ ދަށުން ކޮންމެ މެންބަރަކުވެސް ކުރަންޖެހޭ ކަމެކެވެ. މި ބަޔާނުގައި ކޮންމެ މެންބަރެއްގެ މިލްކިއްޔާތުގައިވާ ފައިސާއާއި މުދަލުގެ މައުލޫމާތު އާންމުކުރެވޭނެއެވެ. މިހާތަނަށް 88 މެންބަރުން މާލީ ބަޔާން ހުށަހަޅުއްވާފައިރު މި ހިނގާ 20 ވަނަ މަޖިލީހުގައި ޖުމްލަ 93 މެންބަރުން ތިއްބަވައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Cj8RitJD12bAhV6Ev7buWp0H2ZrjPQISoBcx6Abx.jpg

މަޖިލީހުން ވިދާޅުވިގޮތުގައި މިހާތަނަށް 88 މެންބަރަކު ވަނީ މާލީ ބަޔާން ހުށަހަޅުއްވާފައެވެ. މި ބަޔާންތައް މިހާރު ވަނީ މަޖިލީހުގެ ވެބްސައިޓުގައި އާންމުންނަށް ފެންނާނެހެން ޝާއިއުކޮށްފައެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު 20 ވަނަ ދައުރަށް މެންބަރުން ހުވާ ކުރައްވާފައިވާތީ އެ އެމެންބަރުން މާލީ ބަޔާން ހުށަހަޅަންޖެހެނީ ހުވާކުރާތާ އެއް އަހަރު ދުވަސް ފަހުންނެވެ. މިއަހަރުގެ މެއި މަހުގެ 28 އަށް އެއް އަހަރު ފުރިފައިވާ މެންބަރުން މާލީ ބަޔާން ހުށަހެޅުމުގެ އެންމެ ފަހު މުއްދަކީ މިއަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަސްކަމަށްވެސް މަޖިލީހުގެ އިދާރާއިން ވިދާޅުވިއެވެ.

މާލީ ބަޔާން މިހާތަނަށް ހުށަނާޅުއްވަނީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރާއި ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމާއި މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ޑޯންޓް މިސްލީޑް!''، ކްރެޑިޓްކާޑާއި ގުޅުވައި ފަތުރަނީ ބުހުތާން ދޮގެއް: މެމްބަރު އިބްރާހީމް މުހައްމަދުޚަބަރު | 20 ގަޑިއިރު ކުރިންކުރީގެ މެމްބަރުންގެ ބޭސްފަރުވާއަށް 18.9 މިލިއަން ރުފިޔާ ހަރަދުކޮށްފިޚަބަރު | 20 ގަޑިއިރު ކުރިންމީޑިއާ ބިލް ކުރިއަށް ގެންދިއުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ސިނާންޚަބަރު | 21 ގަޑިއިރު ކުރިންސުލްޙައަށް ލޯބިކޮށް ތެދު ޚަބަރު ގެނެސްދެނީ 4 ނޫހަކުން: ފަލާޙްޚަބަރު | ދުވަހެއް ކުރިން