logo
ޚަބަރު

ކުރީގެ މެމްބަރުންގެ ބޭސްފަރުވާއަށް 18.9 މިލިއަން ރުފިޔާ ހަރަދުކޮށްފި

އާމިނަތު ޝަފާ
4 ސެޕްޓެމްބަރު 2025 - 11:49
ކުރީގެ މެމްބަރުންގެ ބޭސްފަރުވާއަށް 18.9 މިލިއަން ރުފިޔާ ހަރަދުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންގެ ހެލްތު 18.9 މިލިއަން ރުފިޔާ ހަރަދުވެފައިވާކަން ހާމަވެއްޖެއެވެ.

2014 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރަށް މަޖިލިހުގައި ތިއްބެވި މެމްބަރުންގެ އިންޝުއަރެންސަށް ހޭދަވި ހަރަދުތަކުގެ ތަފްސީލް ހޯދަން އާއްމުންގެ މީހަކު އާރުޓީއައި ހުށަހެޅެމުން މަޖިލިހުން އާންމު ކުރި މައުލޫމާތުގައި ވާގޮތުން އެ މުއްދަތުގައި ކޮންމެ އަހަރަކު ހެލްތު އިންޝުއަރެންސް ބޭނުންކޮށްފައިވަނީ 34 މެންބަރުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން 11 އަހަރުގެ މުއްދަތުގައި ކޮންމެ މެމްބަރަކު ޖުމްލަ 229،500 ރުފިޔާ ވަނީ އިންޝުއަރެންސަށް ހަރަދުކޮށްފައެވެ.

މަޖިލީހުގެ މައުލޫމާތުގައިވާގޮތުން މެންބަރުންގެ އިންޝުއަރެންސަށް އެންމެ ބޮޑު ހޭދައެއް ކުރީ 2023 ވަނަ އަހަރު މެއި މަހުން ފެށިގެން 2024 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށެވެ. އެ މުއްދަތުގައި 3.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މީގެ އިތުރުން ދެން އެންމެ ގިނައިން މެންބަރުންގެ އިންޝުއަރެންސަށް ހަރަދުކުރީ 2019 އަދި 2020 ވަނަ އަހަރުގައެވެ. އެ ދެ އަހަރު ޖުމްލަ 2.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

2014 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރަށް ކުރީގެ މެންބަރުންގެ އިންޝުއަރެންސަށް ހަރަދުކޮށްފައިވަނީ 562،500 ރުފިޔާއެވެ. އަދި 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ހަރަދުކޮށްފައިވަނީ 1،056،000 (އެއް މިލިއަން ފަންސާސް ހަ ހާސް) ރުފިޔާއެވެ.

މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ އަށްވަނަ މާއްދާގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ދައުރެއް ފުރިހަމަކޮށްފައިވާ މެމްބަރަކަށް އުމުރުން 55 އަހަރުވުމުން މާލީ އިނާޔަތެއްގެ ގޮތުގައި މަޖިލިސް މެމްބަރެއްގެ މުސާރައިގެ 30 އިންސައްތަ ދައުލަތުން ދޭންޖެހެއެވެ. އަދި އެއް ދައުރަށް ވުރެ އިތުރަށް މެމްބަރުކަން ކޮށްފައިވާނަމަ އެ އިނާޔަތް އިތުރަށް ބޮޑުވެ އެވެ.

ކުރީގެ މެންބަރުންގެ ހައިސިއްޔަތުން ދައުލަތުން ހެލްތު އިންޝުއަރެންސް ދިން ނަމަވެސް، ދައުލަތުގެ އެހެން މަގާމެއް އަދާކުރާ މުއްދަތުގައި ހެލްތު އިންޝުއަރެންސަށް ހަރަދު ކުރާނީ އެ މަގާމަކަށް ހަމަޖައްސާފައިވާ ހެލްތު އިންޝުއަރެންސް ނިޒާމުގެ ތެރެއިންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ޑޯންޓް މިސްލީޑް!''، ކްރެޑިޓްކާޑާއި ގުޅުވައި ފަތުރަނީ ބުހުތާން ދޮގެއް: މެމްބަރު އިބްރާހީމް މުހައްމަދުޚަބަރު | ދުވަހެއް ކުރިންކުރީގެ މެމްބަރުންގެ ބޭސްފަރުވާއަށް 18.9 މިލިއަން ރުފިޔާ ހަރަދުކޮށްފިޚަބަރު | ދުވަހެއް ކުރިންމީޑިއާ ބިލް ކުރިއަށް ގެންދިއުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ސިނާންޚަބަރު | ދުވަހެއް ކުރިންސުލްޙައަށް ލޯބިކޮށް ތެދު ޚަބަރު ގެނެސްދެނީ 4 ނޫހަކުން: ފަލާޙްޚަބަރު | ދުވަހެއް ކުރިން