logo
Bank of Maldives

Bank of Maldives

ޚަބަރު

''ޑޯންޓް މިސްލީޑް!''، ކްރެޑިޓްކާޑާއި ގުޅުވައި ފަތުރަނީ ބުހުތާން ދޮގެއް: މެމްބަރު އިބްރާހީމް މުހައްމަދު

މުހައްމަދު މޫސާމުހައްމަދު މޫސާ
4 ސެޕްޓެމްބަރު 2025 - 11:56
''ޑޯންޓް މިސްލީޑް!''، ކްރެޑިޓްކާޑާއި ގުޅުވައި ފަތުރަނީ ބުހުތާން ދޮގެއް: މެމްބަރު އިބްރާހީމް މުހައްމަދު

މައްޗަން ގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ގެންގުޅުއްވާ ކްރެޑިޓް ކާޑާއި ގުޅުވައި ''އަދަދު'' ނޫހުގައި ޝާޢިއުކުރަށްވާފައިވާ ޚަބަރުގައި ހިމެނޭ ވާހަކަތަކެއް އޭނާ ދޮގުކުރަށްވައިފިއެވެ.

މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މާލީ ބަޔާންތައް އިއްޔެ ބުދަ ދުވަހު ވަނީ މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މާލީ ބަޔާންތަކާއި ގުޅޭ ޚަބަރުތައް ނޫސްތަކުން ގެނެސްދެމުން އަންނައިރު، ''އަދަދު'' ނޫހުން ގެނެސްދިން ޚަބަރެއްގައި މެމްބަރު އިބްރާހިމް މުަހައްމަދު ގެންގުޅުއްވަނީ ޝަރީޢާ ކޮންޕްލަޔަންޓް ނޫން އެކައުންޓަކާއި ކްރެޑިޓް ކާޑެއްކަމަށް ވަނީ ބުނެފައެވެ. އަދި އޭނާ ކާޑު ނެންގެވީ، ޝަރީއާ ކޮމްޕްލަޔަންޓް ކްރެޑިޓް ކާޑު ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރަން ފެށުމުގެ ކުރިން 2023 ވަނަ އަހަރުކަމަށް ވެސް އެ ޚަބަރުގައި ބުނެފަވެއެވެ.

މި ޚަބަރުގެ ސުރުޚީއާއި ، '' އޭނާ ކާޑު ނެންގެވީ، ޝަރީއާ ކޮމްޕްލަޔަންޓް ކްރެޑިޓް ކާޑު ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރަން ފެށުމުގެ ކުރިން 2023 ވަނަ އަހަރުކަމަށް'' ލިޔެފައިވާ ބައިގެ ސްކްރީންޝޮޓަކާއެކު މެމްބަރު އިބްރާހީމް މުހައްމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބީއެމްއެލް އިސްލާމިކް ތައާރަފް ކުރުމުގެ ކުރިން ބީއެމްއެލްގައި ހުރި ތިންލައްކައަށްވުރެ ގިނަ ހުރިހާ އެކައުންޓް ތަކަކީ ޝަރީއާކޮންޕްލަޔަންޓް އެކައުންޓްތަކެއްނޫން ކަމަށެވެ.

'' ޑޯންޓް މިސްލީޑް. ޔޫކެންޑޫ ބެޓަރ، ކާރޑް ލިބުނީ މެންބަރަކަށް ވުމުގެ ފަހުން. ބުހުތާނު ދޮގެއް މީ.'' އޭނާ ވިދާޅުވެފަވެއެވެ.

 

 

މަޖިލީހުން އިއްޔެ އާންމުކުރި މެމްބަރުންގެ މާލީ ބަޔާނާއި ގުޅޭ ޚަބަރުތައް ގެނެސްދެމުން އަންނައިރު، ބައެއް މެމްބަރުން އަންނަނީ މީޑިއާ ބިލު އަވަސްކުރަންޖެހޭ ކަމަށް ގޮވައިލަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހަށް ހުށަހަޅަންޖެހޭ މާލީ ބަޔާން ހުށަނާޅާ ފަސް މެންބަރުންނަށްތިއްބެވިކަމަށް މިހާތަނަށް ވަނީ އެނގިފައެވެ. އެ މެމްބަރުންނަށް މަޖިލީހުގެ އިދާރާއިން މިހާރު ވަނީ ގަވާއިދުގައިވާ ގޮތުގެ މަތީން 15 ދުވަހުގެ ނޯޓިހެއް ދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކައުންސިލް އިންތިޚާބުގައި ހުރިހާ ރައްޔިތުން ވެސް އެމްޑީޕީ އަށް ނޫނެކޭ ބުނަންޖެހޭ: ފަލާހްޚަބަރު | 21 ގަޑިއިރު ކުރިންއިލެކްޝަންސްގެ މެމްބަރުކަމަށް ރިފްއަތު އައްޔަންކުރަން މަޖިލީހަށް ހުށަހަޅައިފިޚަބަރު | 2 ދުވަސް ކުރިންދެ އިންތިހާބު އެއްކޮަށްލާ، މަޖިލީހުގެ ދައުރު ކުރުކޮށްލަން މަޖިލީހުން ފާސްކޮށްފިޚަބަރު | 2 ދުވަސް ކުރިންކޮމިޓީގެ ނިންމުން: ދެ އިންތިޚާބު އެއްކޮށްލަން ފެނޭޚަބަރު | 3 ދުވަސް ކުރިން