logo
Bank of Maldives

Bank of Maldives

ޚަބަރު

މީޑިއާ ބިލް ކުރިއަށް ގެންދިއުމަކީ ހަމައެކަނި އިޚްތިޔާރެއް ނޫން، އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ސިނާން

މުހައްމަދު މޫސާމުހައްމަދު މޫސާ
4 ސެޕްޓެމްބަރު 2025 - 11:17
މީޑިއާ ބިލް ކުރިއަށް ގެންދިއުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ސިނާން

މަޖިލީހަށް މިހާރު ހުށަހެޅިފައި އޮތް މީޑިއާ ބިލް ކުރިއަށް ގެންދިއުމަކީ ހަމައެކަނި އިޚްތިޔާރެއް ނޫން ކަމަށާއި، އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ.

މެންބަރު ސިނާން މިހެން ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާޙީމް ފަލާޙް، މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއް ޝެއާ ކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސިނާން ވިދާޅުވި ގޮތުގައި، މީޑިއާއަށް އެކަށީގެންވާ ގާނޫނެއް ނެތި ދޮގު މައުލޫމާތު ފެތުރުމާއި، އަބުރު ގެއްލުމާއި، މުޖުތަމައުތައް ފަޅާލައި، ޑިމޮކްރަސީއަށް ގެއްލުންތައް ލިބިގެންދާނެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މީޑިއާ ބިލަކީ އަޑު ކަނޑުވާލުމުގެ ބިލެއް ނޫނެވެ.

އެ ބިލުގެ މަގްސަދަކީ ރައްޔިތުންގެ ހިމާޔަތާއި މުއައްސަސާތައް ހަރުދަނާކޮށް، ރާއްޖޭގެ ނޫސްވެރިކަމަކީ ހަގީގަތް ހާމަކޮށްގެން ރައްޔިތުންނަށް ތެދު މައުލޫމާތު ލިބޭނެކަން ކަށަވަރު ކުރުން ކަމަށް ސިނާން ވިދާޅުވިއެވެ.

'' މީޑިއާ ބިލް ކުރިއަށް ގެންދިއުމަކީ ހަމައެކަނި އިޚްތިޔާރެއް ނޫން - އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް. އަޅުގަނޑުމެންގެ ޑިމޮކްރަސީގެ މުސްތަޤްބަލަށްޓަކައި، އަޅުގަނޑުމެންގެ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި، އަދި ރާއްޖޭގެ ނޫސްވެރިކަމުގެ ނަޒާހަތްތެރިކަމަށްޓަކައި، މި ބިލު ފާސްކުރަންޖެހޭ.'' މެމްބަރު ސިނާން ވިދާޅުވެފަވެއެވެ.

ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ''މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު''އަށް އިޝާރާތް ކުރައްވަމުން މެޖޯރިޓީ ލީޑަރ ފަލާހް މިއަދު ވިދާޅުވެފައި ވަނީ ސުލްޙައަށް ލޯބިކޮށް، ތެދު ޚަބަރާއި މަޢުލޫމާތު ހަޤީޤަތާ އެއްގޮތަށް ގެނެސްދީ، ރައްޔިތުންގެ އިތުބާރު ލިބިފައިވަނީ 4 ނޫހަކަށް ކަމަށެވެ. ނަމަވެސް އެއީ ކޮން ނޫސްތަކެއް ކަމެއް ފަލާޙް ވިދާޅުވެފައެއް ނުވެއެވެ. އަދި ކުޑަކުޑަ ޤަޢުމެއްގައި އެއްވެސް ބަލާލުމެއްނެތި ކަމެއް ސާފުނުކޮށް، ބުހުތާނު ދޮގު ޚަބަރު ފެތުރުމަކީ ވަރަށް ގޯސްކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

''މިކަމުގެ ސަބަބުން ހެޔޮނުބައި އޮޅި ކުށެއްނެތް އާއިލާތަށްރޫޅި ކުށެއްނެތް އެތައްބައެއްގެ ވަޒީފާގެއްލި
ކިހާދެރަ ކަންތަށްތަށްތޯ ހިނގަމުންދަނީ! ފައިސާކޮޅެއްދޭ އިރައް ފައިސާދޭމީހާ ބުނާހާގޮތަކަށް ދޮގުޚަ ޚަބަރު ނުލިއެވިދާނެތީތޯ، މީޑިއާބިލް ކަމުނުދަނީ! މިގޮތަށްހޯދާފައިސާ މީ ހަލާލުފައިސާތޯ؟ މީޑިއާތަކާއި މީޑިއާތަކުގެ ވެރިން މާލީބަޔާން ހުށަހަޅަންޖެހޭގޮތަށް މީޑިއާބިލްގައި ހިމެނުން ކިހިނެއްތޯ؟'' ފަލާހް ވިދާޅުވެފަވެއެވެ.

 ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު މިހާރު އޮތީ ކޮމެޓީ މަރުހަލާގައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިތަދޫ އުތުރު ގޮނޑީގެ ޕީއެންސީ ޓިކެޓަށް ސިނާން ވާދަކުރައްވަނީޚަބަރު | 6 ގަޑިއިރު ކުރިންވަކި ޕާޓީއަކުން ހުށަހެޅި ބިލަކަށް ވާތީ ބޭރުކުރީ 19 ވަނަ މަޖިލީހުގައި؛ މިދައުރުގައި އެކަން ނުފެންނާނެޚަބަރު | ދުވަހެއް ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގަ، ކުރިމަތިލާން މާދަމާ ހުޅުވާލަނީޚަބަރު | 2 ދުވަސް ކުރިންއައިޕީޔޫގެ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް މަޖިލިސް ރައީސް ތުރުކީ އަށްޚަބަރު | 2 ދުވަސް ކުރިން