logo
Bank of Maldives

Bank of Maldives

ދުނިޔެ

އިސްރާޢީލްގައި މުޒާހަރާތައް ހޫނުވެ އެކި ސަރަހައްދު ތަކުގައި އަލިފާން ޖަހަނީ

އަޙްމަދު ޒަލީފް
3 ސެޕްޓެމްބަރު 2025 - 11:59
އިސްރާޢީލްގައި މުޒާހަރާތައް ހޫނުވެ އެކި ސަރަހައްދު ތަކުގައި އަލިފާން ޖަހަނީ

އިސްރާއީލުގައި ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން، މުޒާހަރާގެ ބައިވެރިން އެގައުމުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ދިރިއުޅޭ ގެ ކައިރީގައި އަލިފާން ރޯކޮށްލައިފިއެވެ.

މިއީ ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލައި، ގައިދީން ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ގޮވާލައި ކުރިއަށް ގެންދާ މުޒާހަރާތަކެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުޒާހަރާގެ ބައިވެރިން ރޯކޮށްލި އަލިފާންގަނޑު ކައިރި ސަރަހައްދުތަކަށް ފެތުރިފައިވާއިރު، ބައެއް ވެހިކަލްތަކަށް ގެއްލުންވެ، އާންމުންގެ ގިނަ ބަޔަކު އެމީހުންގެ ގެތައް ދޫކޮށް ދާން ޖެހުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިސްރާއީލުގެ ފުލުހުން ބުނީ، މުޒާހަރާގެ ނަމުގައި މިވަގުތު އިސްރާއީލުގައި ހިންގަމުން އަންނަ ޤާނޫނު ކުށެއް ކަމަށާއި މުޒާހަރާގެ ބައިވެރިން ނަތަންޔާހޫ ދިރިއުޅޭ ގެއާއި އޮފީސް ކައިރީގައި އަލިފާން ރޯކޮށްލާފައިވާ ކަމަށެވެ.

ގުދުސްގައި މުޒާހަރާގެ ބައިވެރިން އެއްވެފައިވާއިރު، މިއަދު ހަވީރު ވެސް ނަތަންޔާހޫ ދިރިއުޅޭ ގެ ބޭރުގައި މުޒާހަރާ ކުރުމަށް ވަނީ ގޮވާލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނަށް އަލުން ހަމަލާދޭނެ، އެއީ ޝައްކެތް އޮތް ކަމެއްނޫން: އިސްރާއީލްގެ މީޑިއާދުނިޔެ | 3 ދުވަސް ކުރިންއިސްރާއީލަށް ރެކޯޑް މިންވަރަކަށް އަރައިގަތް މާމުތް ކުޅަނދުތަކާއި މައުރޫފް ރައްމާލްގެ މަރުދުނިޔެ | މަހެއް ކުރިންއިސްރާއީލުގެ ހުށަހެޅުންތަކަށް ހިޒްބުالله އިން ދެކޮޅު ހަދައިފިދުނިޔެ | މަހެއް ކުރިންއެމެރިކާ އާއި އިޒްރޭލަށް "އެންމެ ބޮޑު ފިއްތުންތައް" ކުރިމަތިކުރުމަށް ޔޫރަޕްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ގޮވާލައިފިދުނިޔެ | މަހެއް ކުރިން