ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާންތައް އާއްމުކޮށްފި
3 ސެޕްޓެމްބަރު 2025 - 12:35

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް އާންމުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ ދަށުން މެމްބަރު މަގާމުގެ ހުވާ ކުރައްވާ ތާރީހުން ފެށިގެން އެއް އަހަރު ދުވަސް ފުރިހަމަވުމުން އެ މެމްބަރެއްގެ މާލީ ބަޔާން ހުށަހަޅަން ޖެހެ އެވެ.

Ad by Hajj Corporation
ރައްޔިތުންގެ މަޖިލީހުން ކުރިން ވިދާޅުވެފައިވާ ގޮތުގައި މިދިޔަ އަހަރު ހުވާކުރި އައު މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް ހުށަހަޅަންޖެހޭނީ މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހާ ހަމައަށެވެ.
މުއްދަތު ހަމަވި އިރު މަޖިލީހުގެ 93 މެމްބަރުންގެ ތެެރެއިން 88 މެންބަރަކު ވަނީ މާލީ ބަޔާން ހުށަހަޅުއްވާފައެވެ.
މަޖިލީހުން ބުނީ މިހާތަނަށް ހުށަހެޅި ބަޔާންތައް މިހާރު ނީ މަޖިލީހުގެ ވެބްސައިޓުގައި އާންމުންނަށް ފެންނާނެހެން ޝާއިއުކޮށްފައިވާނެކަމަށެވެ.
މަޖިލީހުގެ މެމްބަރުން މަގާމުގެ ހުވާކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ތެރޭގައި ފުރަތަމަ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރީ މިދިޔަ އަހަރުގަ އެވެ.
މެންބަރުން މާލީ ބަޔާން ހުށަހެޅުމަކީ މަޖިލީހުގެ ގަވާއިދުގެ ދަށުން ކޮންމެ މެންބަރަކުވެސް ކުރަންޖެހޭ ކަމެކެވެ. މި ބަޔާނުގައި ކޮންމެ މެންބަރެއްގެ މިލްކިއްޔާތުގައިވާ ފައިސާއާއި މުދަލުގެ މައުލޫމާތު އާންމުކުރެވޭނެއެވެ.