ޖާގަ އިތުރުކޮށް ވީއައިއެޗްއެސްއިން ފުރުޞަތު ހުލުވާލައިފި
3 ސެޕްޓެމްބަރު 2025 - 14:57

އޭލެވެލްއަށް ވަނުމަށް ގިނަ އަދަދެއްގެ ދަރިވަރުން ހުށައަޅަމުންދާތީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް) އިން ކުރިން ކަނޑައަޅާފައިވާ އަދަދަށްވުރެ ޖާގަ އިތުރުކޮށް ފުރުޞަތު ހުޅުވާލައިފިއެވެ.
އެ ސްކޫލުން ބުނީ ސެޕްޓެމްބަރު މަހުގެ 8ވަނަ ދުވަހުގެ ނިޔަލަށް އޭލެވެލްއަށް ކިޔަވަން ފޯމް ހުށައެޅޭނެ ކަމަށެވެ.

Ad by Hajj Corporation
ޖާގަ އިތުރުކޮށްފައިވާ މާއްދާތައް ވެސް އެ ސްކޫލުން ވަނީ އިއުލާން ކޮށްފައެވެ.
ޖާގަ އިތުރުކޮށްފައި ވާ މާއްދާތައް:
- ބައޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް އަދި މެތަމެޓިކްސްގެ އެއް ކުލާސް ( މާއްދާއަކުން 25 ޖާގަ)
- ބިޒްނަސް، އިކޮނިމިކްސް، އެކައުންޓިންގެ އެއް ކުލާސް (މާއްދާއަކުން 25 ޖާގަ)
- ޓްރެވެލް އެންޑް ޓުރިޒަމް 14 ޖާގަ
- ޑިޖިޓަލް މީޑިއާ އެންޑް ޑިޒައިން (5 ޖާގަ)
- ކޮމްޕިއުޓަރ ސައިންސް ( 11 ޖާގަ)
- އިންފޮމޭޝަން ޓެކްނޮލޮޖީ (3 ޖާގަ)
ވީއައިއެޗްއެސްއިން ބުނީ، އެ ސްކޫލުން އޭލެވެލް ކިޔަވަން ބޭނުންވާ ދަރިވަރުން ވީހާވެސް އަވަހަކަށް ފޯމް ހުށައަޅަން އެދޭ ކަމަށާއި ކިޔަވަން ބޭނުންވާ މާއްދާތައް ދަރިވަރުން ފޯމް ހުށައަޅާ ތަރުތީބުން ކަމަށެވެ.
އެ ސްކޫލުން ބުނީ، އެ ސްކޫލަށް ވަންނަ ދަރިވަރުންގެ ތެރެއިން މެރިޓް ސްކޮލަރޝިޕަށް ޝަރުޠު ހަމަވާ ހުރިހާ ދަރިވަރުންނަށް އެ ފުރުޞަތު ދޭން ވެސް ނިންމާފައިވާ ކަމަށެވެ.
އޭލެވެލްގެ ކިޔެވުން ފަށާނީ މި މަހު 14 ވަނަ ދުވަހުއެވެ.


