logo
ޚަބަރު

މާލީ ބަޔާން ހުށަނާޅާ މެމްބަރުންނަށް ގަވައިދުގެ ތެރެއިން ފިޔަވަޅު އަޅާނަން: މަޖިލިސް

ޢައްފާން މުޙައްމަދު
4 ސެޕްޓެމްބަރު 2025 - 07:41
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ މެމްބަރުން ހުށަހަޅަން ޖެހޭ މާލީ ބަޔާން ހުށަނާޅާ މެމްބަރުންނަށް، މަޖިލީހުގެ ގަވައިދުގެ ތެރެއިން ފިޔަވަޅު އަޅާނެކަމަށް މަޖިލިސް އިދާރާއިން ބުނެފިއެވެ.

މެންދުރު ޓީވީއަށް މައުލޫމާތުދެއްވަމުން މަޖިލީހުގެ މީޑިއާ އޮފިސަރު ވިދާޅުވީ، ބުދަ ދުވަހުގެ ނިޔަލަށް މާލީ ބަޔާން ހުށަހަޅުއްވާފައި ވަނީ 88 މެމްބަރުން ކަމަށާއި، ބަޔާން ހުށަނާޅުއްވާ ފަސް މެމްބަރުންނަށް، މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށެވެ. އަދި މިހާރު މި 5 މެމްބަރުންނަށް ނޯޓިސް ދީފައިވާކަމަށް މަޖިލީހުގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަޖިލިސް ގަވައިދުގެ 77 ވަނަ މާއްދާގައި ބުނެފައި ވަނީ، ބަޔާން ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި ބަޔާން ހުށަނާޅުއްވާނަމަ، އިތުރު 15 ދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށަހެޅުއްވުމަށް ލިޔުމަކުން މަޖިލީހުގެ އަމީންއާންމު އެ މެމްބަރަކަށް އަންގަވާނެ ކަމަށެވެ.

އަދި އެ 15 ދުވަސް ހަމަވާއިރު ވެސް މާލީ ބަޔާން ހުށަނާޅުއްވާނަމަ، ދެން އޮންނަ މަޖިލިސް ޖަލްސާއެއްގައި މަޖިލީހުގެ ރިޔާސަތުން އެ މެމްބަރެއްގެ ނަން މަޖިލިސް ތަޅުމުގައި އިއްވާނެއެވެ. އަދި އެއަށްފަހު ދެން އެ މެމްބަރަކަށް މަޖިލިސް ޖަލްސާއެއްގައި ވެސް އަދި ކޮމިޓީ ބައްދަލުވުމެއްގައި ވެސް ބައިވެރިވެވޭނީ، މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ހުށަހެޅުއްވުމަށްފަހުގައި ކަމަށް މަޖިލިސް ގަވައިދުގައި ބުނެފައިވެއެވެ.

މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން އެ މެންބަރެއްގެ މެންބަރު ކަމުގެ ހުވާކުރާ ތާރީހުން ފެށިގެން އެއް އަހަރު ދުވަސް ފުރިހަމަވުމުން ހުށަހަޅަން ޖެހެ އެވެ. އެހެންވެ، މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ކުރިން މިހާރުގެ މެންބަރުން ބަޔާން ހުށަހަޅަން ޖެހެ އެވެ.

މި މުއްދަތުގެ ތެރޭގައި މާލީ ބަޔާން ހުށަނާޅުއްވަނީ ފަސް މެމްބަރުންނެވެ. އެއީ މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއީލް ނިޒާރާއި މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު އަހްމަދު ޒަމީރުގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހީމް އަދި ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހީން ހަބީބެވެ.

މާލީ ބަޔާން ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި 88 މެމްބަރުން ގަވައިދާ އެއްގޮތަށް މާލީ ބަޔާން ހުށަހަޅުއްވާފައިވާއިރު، މެމްބަރުންގެ މާލީ ބަޔާންތަކުގައި ވާގޮތުން، ބޮޑެތި ލޯނުތަކާއި ކްރެޑިޓް ކާޑު ދަރަނިތައް ހުރިއިރު ބައެއް މެމްބަރުންނަށް އެތައް މިލިއަނަކުން ފައިސާ ލިބިފައިވެއެވެ. ނަމަވެސް އެއީ ހެޔޮއެދޭ ފަރާތްތަކުން ދީފައިވާ ހަދިޔާ ކަމަށް މާލީ ބަޔާންތަކުގައި ބުނެފައިވެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ޑޯންޓް މިސްލީޑް!''، ކްރެޑިޓްކާޑާއި ގުޅުވައި ފަތުރަނީ ބުހުތާން ދޮގެއް: މެމްބަރު އިބްރާހީމް މުހައްމަދުޚަބަރު | 2 ދުވަސް ކުރިންކުރީގެ މެމްބަރުންގެ ބޭސްފަރުވާއަށް 18.9 މިލިއަން ރުފިޔާ ހަރަދުކޮށްފިޚަބަރު | 2 ދުވަސް ކުރިންމީޑިއާ ބިލް ކުރިއަށް ގެންދިއުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ސިނާންޚަބަރު | 2 ދުވަސް ކުރިންސުލްޙައަށް ލޯބިކޮށް ތެދު ޚަބަރު ގެނެސްދެނީ 4 ނޫހަކުން: ފަލާޙްޚަބަރު | 2 ދުވަސް ކުރިން