logo
ޚަބަރު

ގޭންގް ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް އާންމުން ހޭލުންތެރި ކުރުވަނީ

އަޙްމަދު ޒަލީފް
4 ސެޕްޓެމްބަރު 2025 - 10:13
ގޭންގް ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް އާންމުން ހޭލުންތެރި ކުރުވަނީ

އޮގަސްޓު މަހުގެ 25 ވަނަ ދުވަހު އަމަލުކުރަން ފެށި ‘’ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު'' (ގާނޫނު ނަންބަރު 7/2025) އަށް ހދ. ނޮޅިވަރަމް ވިޔަފާރިވެރިން އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހު ނޮޅިވަރަމް ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެ ރަށުގެ ހުރިހާ ފިހާރައަކަށް ޒިޔާރަކޮށް މައުލޫމާތު ދީފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން، (ގާނޫނު ނަންބަރު 7/2025) ގައި ބަޔާންކޮށްފައިވާ ނުރައްކާތެރި ކުށްތަކަކީ ކޮބައިކަމާއި ގޭންގުތަކުން ހިންގާ ކުށްތަކަކީ ކޮބައިކަމާ އަދި އެފަދަ ކުށްތަކުގައި 18 އަހަރުން ދަށުގެ ކުޑަކުދިން ބައިވެރިކުރުވުމާއި ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ކުޑަކުދިންނަށް ވިއްކުން މަނާ ތަކެއްޗާ ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ. ހާއްސަކޮށް ކުށްތަކަށް ހުށަހެޅޭ ފަދަ އެއްވެސް އާލާތެއް ގަންނަން، ތުހުމަތުކުރެވޭ ފަދަ ބަޔަކު ނުވަތަ މީހަކު ނުވަތަ ކުޑަކުއްޖަކު އުޅޭނަމަ އަމަލުކުރަންވީ ގޮތާއި ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.

އަދި އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމެއްކޮށް، ކުށް ސާބިތުވެއްޖެނަމަ ގާނޫނުން ކަނޑައެޅިފައިވާ އަދަބުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. ހަަމައެހެންމެ އެ ގާނޫނުގައި ބަޔާންކޮށްފައިވާ ބައެއް ކަންކަމުގެ މައުލޫމާތު ހިމެނޭ ލީފްލެޓް ވެސް ބަހާފައިވެއެވެ.

މީގެ އިތުރުން، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ވިޔަފާރިކުރުމަށާއި ފިހާރަތަކުގައި ހުރި ރަނގަޅުކުރަންޖެހޭ ކަމަށް ފާހަގަކުރެވުނު ކަންކަން ބުނެދީ އެ ކަންކަން ރަނގަޅުކުރުމަށް އިރުޝާދުދީފައިވެއެވެ. އަދި އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ކުރާއިރުއާއި ފައިސާ ގެންގުޅުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި ފިހާރައިގެ ރައްކާތެރިކަމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކާއި ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަން ކިިޔަދީފައިވެއެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް ރައްޔިތުން އަހުލުވެރިކުރުވައި، ކުށްކުރުން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުން ގެންދަނީ ތަފާތު ހަރަކާތްތަކެއް ހިންގަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮޓޮޕްސީ ހެދުމަށް ފަހު އަދީލް ވަޅުލާއިފިޚަބަރު | 8 ގަޑިއިރު ކުރިންކެންދޫ ޒުވާނެއް ގެއްލިގެން ހޯދަނީޚަބަރު | 8 ގަޑިއިރު ކުރިންޕިކަޕެއް ފުރޮޅާލައި ހައިވޭގައި އެކްސިޑެންޓެއް ހިނގައިފިޚަބަރު | 9 ގަޑިއިރު ކުރިންގޭންގް ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް އާންމުން ހޭލުންތެރި ކުރުވަނީ ޚަބަރު | ދުވަހެއް ކުރިން