ކެންދޫ ޒުވާނެއް ގެއްލިގެން ހޯދަނީ
އައިމިނަތު މޫސާ
5 ސެޕްޓެމްބަރު 2025 - 11:45

ބ. ކެންދޫ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ބ. ކެންދޫ މަންޒިލް، ޝަހުމުﷲ ސާޖިދު 33އަހަރު، އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުން ކަމަށެވެ.

Ad by Hajj Corporation
ފުލުހުން ބުނީ ޝަހުމުﷲ ސާޖިދު މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން ވަނީ ޝަހުމުﷲއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅާ ހިއްސާކުރުމަށް އެދިފަ އެވެ.