logo
ޚަބަރު

ޕިކަޕެއް ފުރޮޅާލައި ހައިވޭގައި އެކްސިޑެންޓެއް ހިނގައިފި

އައިމިނަތު މޫސާ
5 ސެޕްޓެމްބަރު 2025 - 10:14
ޕިކަޕެއް ފުރޮޅާލައި ހައިވޭގައި އެކްސިޑެންޓެއް ހިނގައިފި

ބުރިޖު ހައިވޭއިން ދަތުރުކުރި ޕިކަޕެއް ފޮރުޅު ފަޅާގެން ގޮސް އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއަދު މެންދުރު 12:40 ގައި ހިނގި މިއެކްސިޑެންޓާ ގުޅޭގޮތުން ފުލުހުން ބުނީ، ހައިވޭގައި ދުއްވާފައި ދިޔަ ޕިކަޕެއްގެ ފުރޮޅު ފަޅައިގެން ގޮސް، ޑިވައިޑާތަކުގައި ޖެހި ޕިކަޕު ފުރޮޅާލައިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެކްސިޑެންޓްގައި ކޮންޓްރޯލުން ނެއްޓި ޕިކަޕު ވަނީ ކާރެއްގައި ވެސް ޖެހިފައި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ކާރަށް މާބޮޑު ގެއްލުމެއް ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓްގައި ޕިކަޕު ދުއްވަންއިން މީހާ ހިމެނޭ ގޮތަށް އެއްވެސް މީހަކަށް އަނިއްޔާއެއް ނުވެއެވެ. ފުލުހުން ބުނީ ފުރޮޅާލި ޕިކަޕަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ ޕިކަޕު ދުއްވާފައިވަނީ ދުއްވަން ކަނޑައަޅާފައިވާ ސްޕީޑަށް ވުރެއް ބާރަށް ކަމުން، ޕިކަޕު ދުއްވި ފަރާތައް ފިޔަވަޅު އަޅާފައި ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހްގީގް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮޓޮޕްސީ ހެދުމަށް ފަހު އަދީލް ވަޅުލާއިފިޚަބަރު | 8 ގަޑިއިރު ކުރިންކެންދޫ ޒުވާނެއް ގެއްލިގެން ހޯދަނީޚަބަރު | 8 ގަޑިއިރު ކުރިންޕިކަޕެއް ފުރޮޅާލައި ހައިވޭގައި އެކްސިޑެންޓެއް ހިނގައިފިޚަބަރު | 10 ގަޑިއިރު ކުރިންގޭންގް ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް އާންމުން ހޭލުންތެރި ކުރުވަނީ ޚަބަރު | ދުވަހެއް ކުރިން