logo
ޚަބަރު

މި މަހު ރާއްޖެއަށް ވާރޭވެހޭ މިންވަރު މަދުވާނެކަމަށް ލަފާކޮށްފި

އާމިނަތު ޝަފާ
4 ސެޕްޓެމްބަރު 2025 - 16:58
ވާރޭވެހި މާލޭގައި ފެންބޮޑުވެފައި
ވާރޭވެހި މާލޭގައި ފެންބޮޑުވެފައި

އެހެން އަހަރުތަކުގެ ސެޕްޓެމްބަރުމަހާ އަޅާ ބަލާއިރު މިއަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖެ ސަރަހައްދަށް ވާރޭ ވެހޭ މިންވަރު މަދުވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މި ސެޕްޓެމްބަރު މަހު ރާއްޖެ އަށް ވާރޭ ވެހޭނެ ވަރާއި ފިނިހޫނުމިން ހުންނާނެ ކަމަށް ލަފާކުރެވޭ ވަރު މޫސުމާ ބެހޭ ގައުމީ އިދާރާއިން އާއްމުކޮށްފައިވާއިރު އެ އިދާރާއިން ލަފާކުރާ ގޮތުގައި، މި ފަހަރު ރާއްޖެ އަށް ވާރޭ ވެހޭ މިންވަރު އެހެން އަހަރުތަކުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު، އާދަޔާ ހިލާފަށް މަދުވާނެ އެވެ. އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް ފިނިހޫނުމިން އާންމުކޮށް ހުންނަ ވަރަށް ހުރި ނަމަވެސް ދެކުނު ހިސާބުތަކަށް އާދަޔާ ހިލާފަށް މަތި ވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވެސް ރާއްޖޭގެ އުތުރުގެ ހިސާބުތައް ފިޔަވައި އެހެން ސަރަހައްދުތަކަށް ވާރޭ ވެހުނު ވަރު ވަރަށް ބޮޑަށް މަދުވި ކަމަށް ރެކޯޑް ކުރެވިފައިވެ އެވެ.

މެޓް އޮފީހުން މި އަންދާޒާ ނެރެފައި ވަނީ 1991-2020 ވަނަ އަހަރާ ދެމެދު ސެޕްޓެމްބަރު މަހު ރާއްޖެއަށް ވިއްސާރަ ކޮށްފައިވާ ރެކޯޑްތަަކަށް ބަލައިގެންކަމަށްވާއިރު ރެކޯޑުތަކުން ދައްކާގޮތުގައި ސެޕްޓެމްބަރުމަހު ވާރޭވެހޭވަރު އެންމެ ބޮޑަށް ދަށްވެފައިވަނީ ދެކުނުގެ އަތޮޅުތަކަށެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި މަހު ރާއްޖެއަށް ވާރޭވެހޭ މިންވަރު މަދުވާނެކަމަށް ލަފާކޮށްފި ޚަބަރު | 2 ދުވަސް ކުރިންރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފިޚަބަރު | 7 ދުވަސް ކުރިންމާލެ ސަރަހައްދަށް އާދިއްތައިން ފެށިގެން މޫސުން ރަނގަޅުވާނެ ޚަބަރު | 8 ދުވަސް ކުރިންރާއްޖޭ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ: މެޓް އޮފީސްޚަބަރު | 10 ދުވަސް ކުރިން