logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބްރެޒިލް ފަސޭހަކަމާއެކު މޮޅުވިއިރު، މެސީ އާޖެންޓީނާގައި ކުޅޭ އެންމެ ފަހުމެޗުގައި މޮޅުކުޅުންތެރިޔާކަމަށް

އަބްދުﷲ ޣާނިމް
5 ސެޕްޓެމްބަރު 2025 - 05:47
ބްރެޒިލް ފަސޭހަކަމާއެކު މޮޅުވިއިރު، މެސީ އާޖެންޓީނާގައި ކުޅޭ އެންމެ ފަހުމެޗުގައި މޮޅުކުޅުންތެރިޔާކަމަށް

ވޯލްޑްކަޕް ކޮލިފިކޭޝަން ދެކުރުނު އެމެރިކާ (ކޮންމެބޮލް)ގައި ރޭގައި ހަތަރު މެޗު ކުޅެވިގެންދިޔައިރު، ބްރެޒިލް ވަނީ ޗިލީ 3-0 އިން ބަލިކޮށްފައެވެ.

ރެއާލް ގެ އެއްވެސް ކުޅުންތެރިއެއް ސްކޮޑަށް ނުނަގައި ރޭގައި ކުޅުނު މިމެޗުގެ ފުރަތަމަ ގޯލުޖަހައިދިނީ ޗެލްސީގެ ޒުވާން ކުޅުންތެރިޔާ އުމުރުން އެންމެ 18 އަހަރުގެ އެސްޓެވާއޯއެވެ. މީގެ އިތުރުން ބްރެޒިލްގެ ދެވަނަ ގޯލް ޕަކެޓާ ޖެހިއިރު، ތިންވަނަ ގޯލުޖެހީ ނިއުކާސަލްގެ ގިމަރައީސް އެވެ.

Ad by Hajj Corporation

Ad by Hajj Corporation

Screenshot 2025-09-05 111127.png

ފުރަތަމަ ގޯލު ޖެހި ޒުވާން ތަރި އެސްޓެވާއޯ

 

ބްރެޒިލް މިވަގުތު ތާވަލުގެ ދެވަނައިގައި ވާއިރު، އެއްވަނައިގައިވާ އާޖެންޓީނާ ވަނީ ރޭގައި ވެނެޒުއޭލާގެ މަށްޗަށް 3-0 އިން ކުރި ހޯދާފައެވެ. ކުރިޔަށް އޮތް ވޯލްޑްކަޕަށްފަހު ރިޓަޔާކުރާނެ ކަމުގެ އިޝާރާތެއްކެޕްޓަން މެސީ މީގެކުރިން ދީފައިވާއިރު، މިއީ ވޯލްޑް ކަޕާ ހަމައަށް އާޖެންޓީނާގެ އަމިއްލަ ދަނޑުގައި އެޓީމު ކުޅޭނެ އެންމެ ފަހުމެޗެވެ. އެހެންކަމުން ރޭގެ މެޗަކީ އާޖެންޓީނާގެ ސަޕޯޓަރުންނަށްވެސް ޙާއްސަ މެޗެކެވެ.

މިމެޗުގައި މެސީގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންގޮސްފައިވާއިރު، މެސީ ވަނީ ދެގޯލު ޖަހާފައެވެ. އަނެއް ގޯލު ކާމިޔާބުކޮށްފައިވަނީ ލަައުޓާރޯ މާޓީނޭޒް އެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ މެސީއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާޖެންޓީނާ މެޗުގައި އިނދިކޮޅު ކުޅުންތެރިޔާއަށް ދެއްކި ރަތްކާޑު ގޯސް : ފީފާގެ ޤަވާއިދުތައް ހަދާ ކޮމިޓީކުޅިވަރު | 5 ދުވަސް ކުރިންމެސީ އާއި އާޖެންޓީނާއާއި ދެކޮޅަށް ވާހަކަފަތުރާ މީހުނާއި ދެކޮލަށް އާޖެންޓީނާއިން ދަޢުވާކުރަނީކުޅިވަރު | 11 ދުވަސް ކުރިންލަދުވެތި ރެކޯޑަކާއެކު ވޯލްޑް ކަޕް ފައިނަލް އަލުން ކުޅުމަށް އެދި އާޖެންޓީނާގެ ސަޕޯޓަރުން ޕެޓިޝަނެއް ފަށައިފިކުޅިވަރު | 11 ދުވަސް ކުރިންއަޑުގަދަ އިންޣްލަންޑްގެ އަޑު ކަނޑުވާލުމަށްފަހު މެސީގެ ޖާދުލާއެކު އާޖެންޓީނާ ޖެހިޖެހިގެން ދެވަނަ ވޯލްޑްކަޕް ފައިނަލަށްކުޅިވަރު | 18 ދުވަސް ކުރިން