އައްބާސް މާލީ ބަޔާނުގައި ދޮގު މައުލޫމާތު ހިއްސާ ކުރި ސަބަބު ރައްޔިތުންނަށް ހާމަކޮށްދެން ޖެހޭ: މަމްދޫހު
5 ސެޕްޓެމްބަރު 2025 - 14:04

ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސްގެ މާލީ ބަޔާނުގައި އޮޅުވާލައި ދޮގު މައުލޫމާތު ހިއްސާ ކުރި ސަބަބު ރައްޔިތުންނަށް ހާމަކޮށްދެން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.
މެމްބަރު މަމްދޫހު މިފަދައިން ވިދާޅުވި މެމްބަރު އައްބާސްގެ މާލީ ބަޔާނުގައި ދޮގު މައުލޫމާތު ދީފައިވާކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެކަން ދޮގުކޮށް އައްބާސްކުރެއްވި ޕޯސްޓަށް ރައްދުދެއްވައެވެ.

Ad by Hajj Corporation
މެމްބަރު މަމްދޫހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާނަކީ، ހާމަކަން ބޮޑު ގޮތެއްގައި، އެއްވެސް ކަމެއް އޮޅުވާނުލައި، ތެދު މައުލޫމާތު ރައްޔިތުންނަށް ހިއްސާ ކުރުމަށް ހުށައަޅަން، ކޮންމެހެން، ޖެހޭ ބަޔާނެއް ކަމަށެވެ.
ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސްގެ ޕޯސްޓަށް ރައްދުދެއްވައި މަމްދޫހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަލީ ބަޔާނަކީ ހާމަކަން ބޮޑު ގޮތެއްގައި އެއްވެސް ކަމެއް އޮޅުވާނުލައި ތެދު މަޢުލޫމާތު ރައްޔިތުންނަށް ހިއްސާ ކުރުމަށް ލާޒިމުކޮށް ހުށައަޅަން، ޖެހޭ ބަޔާނެއް ކަމަށެވެ.
ކުންފުންޏެއްގައި އެންމެ ހިއްސާއެއް އޮތްނަމަވެސް އަދި އިތުރު ބަޔަކު ތިބެ އިއުތިރާޒު ކުރިނަމަވެސް، އެ މެމްބަރުގެ އޮތިއްޔާ އޮތް، ހިއްސާއެއްގެ މައުލޫމާތު، މާލީ ބަޔާނުގައި ހިމަނާ ހާމަކުރަން ޖެހޭނެކަމަށް މެމްބަރު ވިދާޅުވިއެވެ. އެހެން ނޫންނަމަ އެކަމަކީ ސީދާ ރައްޔިތުންނަށް ކަންކަން އޮޅުވާލާ، މާލީ ހިސާބުން ހާމަކުރަންޖެހޭ، ކަންކަން ފޮރުވާ ސިއްރުކުރުންކަމަށް މަމްދޫހު ވަނީ ވިދާޅުވެފައެވެ.
ކަމެއް ސިއްރުކޮށް އޮޅުވާލާ، އެކަން ރައްޔިތުންނަށް ފަޅާއެރުމުން، ދެން ހާމަކުރާނެކަމަަށް ބުނުމުން މާލީ ބަޔާނުގައި ދޮގު މައުލޫމާތު ހިމެނި ސަބަބު ރައްޔިތުންނަށް އެނގޭނެކަމަށް މަމްދޫހު ވިދާޅުވިއެވެ.
އައްބާސް އެކްސްގައި ކުރި ޕޯސްޓުގައި ވަނީ މާލީ ރިޕޯޓުގައި ވިޔަފާރި ކުންފުންޏެއްގެ ވާހަކަ ނެތީ އަމިއްލަ މެޖޯރިޓީ ހިއްސާ އޮތް އެއްވެސް ވިޔަފާރި ކުންފުންޏެއް ނެތީމަކަމަށެވެ. އަދި އައްބާސްގެ ހިއްސާވާ ވިޔަފާރި ތިން ކުންފުނީގެ މައުލޫމާތު މާލީ ރިޕޯޓުގައި ހިމަނާފައި ނުވަނީ އެކުންފުނިތަކުގައި ތިބޭ ހިއްސާދާރުންގެ މަސްލަހަތު އޮތްކަމަކަށް ވާތީ ކަމަށެވެ.
އައްބާސް ވިދާޅުވީ، އޮޅުވާލުންތަކެއް ހުރިކަމަށް ބުނެ ދެކެވެމުން ދަނީ ދޮގު ވާހަކަތަކެއްކަމަށާއި އަމިއްލަ ނަން މަތީގައި ހުޅުމާލޭގައި ބިމެއް ނެތްކަމަށެވެ. މީގެ 10 މަސް ދުވަސް ކުރިން އެޗްޑީސީން އިއުލާނުކުރި 8 ބިމުގެ ތެރެއިން އެއް ބިމަށް އޭނާގެ މަސްލަހަތު ހިމެނޭ ކުންފުންޏެއްކަމަށްވާ ސާއްބަ ކޮންސްޓްރަކްޝަންއިން ބިޑުކޮށް ކާމިޔާބުކުރިއިރު އެބިމަށް ފައިސާ ދެއްކީ ސާއްބަ ޓްރެވަލްސްގެ ނަމުގައި ހަދާފައިވާ ކުންފުނީގެ އިސްލާމިކް ބެންކުގެ އެކައުންޓުގައިހުރި ފައިސާއިންކަމަށް އޭނާ ވިދާޅުވި އެވެ.
މެމްބަރު އައްބާސްގެ މި ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑުކިޔަމުންނެވެ.