logo
Bank of Maldives

Bank of Maldives

ޚަބަރު

މީޑިއާ ބިލަށް އިސްލާހު ހުށަހެޅީ މީޑިއާއާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެވޭ ގޮތަށް: އުޝާމް

އައިމިނަތު މޫސާ
12 ސެޕްޓެމްބަރު 2025 - 14:05
އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް
އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް

މިޑިއާތައް ރެގިއުލޭޓުކުރުމާ ގުޅޭ ބިލަށް ސަރުކާރުގެ ފަރާތުން އިސްލާހުތައް ހުށައަޅާފައިވާނީ މީޑިއާއާއި އަދި އާންމު ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެވޭފަދަ ގޮތަކަށްކަމަށް ބަންޑާރަނައިބު އަޙުމަދު އުޝާމު ވިދާޅުވެއްޖެއެވެ.

އެކްސްގައި މީހަކު ކުރި ޕޯސްޓަކަށް ޖަވާބުދެއްވަމުން ބަންޑާރަނައިބު އުޝާމް ވިދާޅުވީ އަމިއްލަ މެމްބަރަކު މަޖިލީހަށް ހުށަހަޅުއްވާފައިވާ މީޑިއާ ބިލުގައި މައްސަލަތައް ހުރިކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެހެންކަމުން މިބިލު ދިރާސާކުރެއްވުމަށްފަހު ސަރުކާރުގެ ފަރާތުން މިބިލަށް އިސްލާހުތަކެއް ހުށައަޅުއްވާފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބަންޑާރަނައިބު ވިދާޅުވީ ކޮމިޓީ މަރުހަލާގައި ކަމާއިގުޅުންހުރި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ބޭނުންވާނެކަމަށެވެ. ބަންޑާރަނައިބު ވިދާޅުވީ ބިލުގައި މާނަ ދޭހަނުވާގޮތަށް ހުރި ކަންކަން މާނަ ދޭހަވާގޮތަށް، ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ އިސްލާހުތަކުގައި ތިލަކޮށްދީފައިވާނެ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި ބަންޑާރަނައިބު ދެއްވީ އިލެކްޓްރޯނިކް މީޑިއާގެ މާނަކުރުން އިތުރަށް ތަފްސީލްކޮށް ހިމެނުއްވުމެވެ.

ސަރުކާރުގެ އަމާޒަކީ ހުށައަޅާ އިސްލާހުތަކާއިއެކު މީޑިއާއާއި އަދި އާންމު ރައްޔިތުންނަށްވެސް އެންމެ އެކަށީގެންވާ ގޮތަށް އެންމެންގެ ހައްގުތައް ހިމާޔަތްކުރެވޭނެގޮތަށް ބިލު ބައްޓަންކުރުން ކަމަށް ވިދާޅުވިއެވެ.

ބަންޑާރަނައިބު ވިދާޅުވީ ސަރުކާރުގެ މަގުސަދަކަށްވަނީ ގާނޫނު އަސާސީއާއި ގާނޫނީ ތަރަހައިގެތެރެއިން ނޫސްވެރިކަންކޮށް މައުލޫމާތު ފޯރުކޮށްދިނުންކަމަށެވެ. މި އިސްލާހުތަކާ އެއްގޮތަށް ފާސްވެއްޖެނަމަ، ނޫސްވެރިންގެ ހުރިހާ ޝަކުވާތަކަށް ހައްލު ލިބި، ނޫސްވެރިކަން ރެގިއުލޭޓްކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވޭނެކަމަށް ބަންޑާރަނައިބު އުޝާމް ވިދާޅުވިއެވެ. މިޑިއާތައް ރެގިއުލޭޓުކުރުމާ ގުޅޭ ބިލަށް ސަރުކާރުން އިސްލާހު ހުށައަޅާފަވާއިރު، މިހާރު އެ ބިލު އޮތީ ކޮމިޓީ މަރުހަލާގައެވެ.

ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. މިއީ ހަންނާން މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވި ދެވަނަ ފަހަރެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިދޭސީ މަސައްކަތްތެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތައް ފުޅާކުރާނަން: ބަންޑާރަ ނައިބު ޚަބަރު | 17 ދުވަސް ކުރިންޔޫޕީއާރް: ތަންފީޒުކުރާނީ ޤާނޫނުތަކާއި، ދީނާއި ތަޢާރުޟް ނުވާ ކަންކަންޚަބަރު | 20 ދުވަސް ކުރިންރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ހާލަތާއި ގުޅޭ ރިވިއު މިއަދުޚަބަރު | މަހެއް ކުރިންކުރީ ސަރުކާރުން ކެންދޫ މިސްކިތް ބިނާކުރު ހަވާލުކޮށްފައިވަނީ އެއްވެސް ތަޖުރިބާއެއް ނެތް ބަޔަކާ: ވަޒީރު ޝަހީމްޚަބަރު | 2 މަސް ކުރިން