logo
Bank of Maldives

Bank of Maldives

ޚަބަރު

ބިދޭސީ މަސައްކަތްތެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތައް ފުޅާކުރާނަން: ބަންޑާރަ ނައިބު

އާމިނަތު ޝަފާ
21 ނޮވެމްބަރު 2025 - 04:47
ބިދޭސީ މަސައްކަތްތެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތައް ފުޅާކުރާނަން: ބަންޑާރަ ނައިބު

ބިދޭސީ މަސައްކަތްތެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތައް އިތުރަށް ފުޅާކުރައްވާނެކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ނަސްލީ ތަފާތުކުރުންތައް ނައްތާލުމާ ގުޅޭ ބައިނަލްއަޤުވާމީ މުޢާހަދާ (މުޢާހަދާ) ގެ ދަށުން، 2022 ވަނަ އަހަރު ދިވެހިރާއްޖެއިން ހުށަހަޅާފައިވާ 13 - 15 ވަނަ ޕީރިއޮޑިކް ރިޕޯޓު އ.ދ. ގެ ކޮމިޓީ އޮން ދި އެލިމިނޭޝަން އޮފް ރޭޝަލް ޑިސްކްރިމިނޭޝަން (ކޮމިޓީ) އިން ރިވިއުކުރުމަށްޓަކައި 18 އަދި 19 ނޮވެންބަރު 2025 ގައި ބޭއްވި ރިވިއު ސެޝަންގައި ދިވެހިރާއްޖެއިން ވަނީ ބައިވެރިވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

24 އެޕްރީލް 1984 ގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މި މުޢާހަދާގެ ދަށުން ދިވެހިރާއްޖެއިން ހުށަހަޅާފައިވާ 13 - 15 ވަނަ ޕީރިއޮޑިކް ރިޕޯޓު ރިޕޯޓުގައި، 2011 އިން 2022 ގެ ޖޫން މަހުގެ ނިޔަލަށް ދިވެހިރާއްޖެއިން ނަސްލީ ތަފާތުކުރުންތައް ނައްތާލުމާ ގުޅޭގޮތުން ކޮށްފައިވާ މަސައްކަތްތަކާގުޅޭ މަޢުލޫމާތު ހިމަނާފައިވެއެވެ. އަދި މުޢާހަދާގައި ބަޔާންކޮށްފައިވާ ޙައްޤުތައް ލިބިދިނުމާގުޅޭގޮތުންނާއި ކޮމިޓީއިން ދިވެހިރާއްޖެއަށް ތަންފީޛުކުރުމަށް ހުށަހަޅާފައިވާ ކަންކަމާގުޅޭގޮތުން ކޮށްފައިވާ މަސައްކަތްތަކާގުޅޭ މަޢުލޫމާތު ހިމަނާފައިވެއެވެ.

ދެ ސެޝަނަކަށް ބަހާލައިގެން ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ މި ރިވިއުގައި، މުޢާހަދާ ތަންފީޛުކުރުމަށް ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ދިވެހިރާއްޖޭގެ ވަފުދުން ވަނީ ޖަވާބުދާރީވެފައެވެ.

ރިވިއު ފެއްޓެވުމުގެ ގޮތުން ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ދެއްކެވި ވާހަކަފުޅުގައި، މި މުޢާހަދާގައި ބަޔާންކުރާ ކަންކަން ކަށަވަރުކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނީ ޒިންމާއަކަށްވުމުގެ އިތުރުން، އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދޭ ހަމަހަމަކާއި ތަފާތު ނުކުރުމުގެ އަސާސްތަކާ ގުޅިލާމެހިފައިވާ އުސޫލީ އިލްތިޒާމެއްކަމަށް ވިދާޅުވެފައިވެއެވެ. ދިވެހި މުޖުތަމަޢުއަކީ، އެއްބަހަކުން ވާހަކަދައްކާ، އެއްދީނަކަށް ތަބާވާ، އެއް ޘަޤާފަތެއް ގެންގުޅޭ ބަޔަކަށްވާއިރު، މި މުޢާހަދާގެ އުސޫލުތައް ދިވެހިރާއްޖޭގެ މައްޗަށް ހިނގަނީ، ދިވެހިރާއްޖޭގައި އުޅޭ އެހެން ޤައުމުތަކުގެ މަސައްކަތްތެރިންގެ ޙައްޤުތަކާގުޅޭގޮތުން ކަމަށްވާތީ، އެކަންކަން ކަށަވަރުކުރުމަށްޓަކައި، މިދާއިރާގައި ހުރި ގޮންޖެހުންތައް ބަލައިގަނެ، ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ޒަމާނީ ތަރައްޤީއާ އެއްގޮތަށް ކުރިއަރުވައި، އެފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރާ ކަންކަން ފުޅާކުރާނެކަމަށް ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިދޭސީ މަސައްކަތްތެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތައް ފުޅާކުރާނަން: ބަންޑާރަ ނައިބު ޚަބަރު | 44 މިނިޓު ކުރިންޔޫޕީއާރް: ތަންފީޒުކުރާނީ ޤާނޫނުތަކާއި، ދީނާއި ތަޢާރުޟް ނުވާ ކަންކަންޚަބަރު | 4 ދުވަސް ކުރިންރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ހާލަތާއި ގުޅޭ ރިވިއު މިއަދުޚަބަރު | 16 ދުވަސް ކުރިންއޮޅުވާލައިގެން ދައުލަތުގެ ފައިސާ ހޯދަން އުޅުނު މައްސަލައިގައި ޖިނާއީ ތަޙުޤީޤެއް ހިންގަނީ ޚަބަރު | މަހެއް ކުރިން