logo
Bank of Maldives

Bank of Maldives

ޚަބަރު

"ރަށި ބާޒާރޮ" ގެ ނަމުގައި ފުވައްމުލައްސިޓީގައި ބޮޑު ނައިޓްމާކެޓެއް

އާމިނަތު ޝަފާ
5 ސެޕްޓެމްބަރު 2025 - 14:06
"ރަށި ބާޒާރޮ" ގެ ނަމުގައި ފުވައްމުލައްސިޓީގައި ބޮޑު ނައިޓްމާކެޓެއް

"ރަށިބާޒާރޮ" ގެ ނަމުގައި ފުވައްމުލައްސިޓީގައި ބާއްވާ ބޮޑު ނައިޓްމާކެޓެއް މިއަދު ފަށައިފިއެވެ. މިއީ ފުވައްމުލައް ސިޓީކައުންސިލުން އިންތިޒާމްކޮށްގެން މިބާޒާރު ބާއްވާ ތިންވަނަ އަހަރެވެ.

ސެޕްޓެންބަރު މަހުގެ ފަހަކުން ބާރައަށް ބާއްވާ ރަށިބާޒާރޮ ގައި ތަފާތު  ވިޔަފާރިވެރިން އެމީހުންގެ އުފެއްދުންތައް ވިއްކައި، ޚިދުމަތްތަކާއި ގުޅޭ މަޢުލޫމާތު ބާޒާރަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ލިބޭނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރުގެ ރަށިބާޒާރޮ ގައި ޖުމްލަ 70 ސްޓޯލް ހުންނާނެއެވެ. އޭގެތެރޭގައި ކާބޯތަކެތި ވިއްކާ 32 ސްޓޯލާއި އެހެނިހެން ވިޔަފާރިތަކުގެ 38 ސްޓޯލް ހިމެނެއެވެ.

ރަށިބާޒާރޮ އޮންނަ ކޮންމެ ރެއަކުވެސް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ޤުރުއަތުން ހޮވޭ ފަރާތްތަކަށް ޚާއްޞަ އިނާމުތަކެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މިބާޒާރުގެ އެންމެ ފަހުރޭ ގުރުއަތުން ހޮވޭ ފަރާތްތަކަށް ދޫކޮށްލާ އިނާމުތަކުގެ ތެރޭގައި

އެއަރ ބްލޭޑް 125 ބްލެކްއެޑިޝަން ސައިކަލް، ޢުމްރާ ދަތުރެއް، ދިރާގު ލިމިޓެއްނެތް ފައިބަރ 100 އެމް ކަނެކްޝަން 12 މަސްދުވަހަށް ހިލޭ، އަދި ސޯފާސެޓާއި، ސްޓަޑީ ޓޭބަލް، ވޯޓަރ ޕިއުރިފަޔަރ ފަދަ ބޮޑެތި އިނާމުތައް ހިމެނެއެވެ.

ފުވައްމުލަކު ޒުވާނުންގެ މަރުކަޒު ގައި ކުރިއަށްދާ ރަށިބާޒާރަކީ ތަފާތު ވިޔަފާރިތަކަށް ފުރުޞަތު ހޯދައިދީ އެކި ވިޔަފާރި ތަކާއި ކެފޭތައް އަދި ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކުގެ ވިޔަފާރި މާކެޓް ކުރުމަށް އެހީތެރިވެ ދިނުމަށާއި، ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ލިބޭނޭ ފަދަ ބާޒާރެއް ބޭއްވުމުގެ މަޤްޞަދުގައި ބާއްވާ ބާޒާރެކެވެ. މިބާޒާރުގެ ސަބަބުން ރަށުގެ އިޤްތިޞާދު ކުރިއަރައި، ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް ރަށުގެ އުފެއްދުންތައް އެއްތަނަކުން ލިބޭނެ މަގުފަހިވެގެން ދާނެއެވެ. އަދި ފަތުރުވެރިކަމަށް ވެސް މިކަމުން އިތުރު ކުރިއެރުން ލިބިގެން ދިއުމަކީ މިބާޒާރު ބޭއްވުމުގެ މަޤްޞަދު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ފާއިތުވި 2 އަހަރާ ޚިލާފަށް މިއަހަރުގެ ބާޒާރު ފަރުމާކުރެވިފައިވަނީ ބާޒާއެކު ކާނިވަލެއްވެސް ކުރިއަށް ގެންދާ ގޮތަށެވެ. އެގޮތުން އެޑްވެންޗަރ އަޕް އާއި ފުވައްމުލައްސިޓީ ކައުންސިލް ގުޅިގެން ބާއްވާ މިކާނިވަލުގައި ތަފާތު އެކި ގޭމްތަކާއި، މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ކުރިއަށް ގެންދެވޭނެއެވެ.  

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ފަށައިފިޚަބަރު | ގަޑިއިރެއް ކުރިން"ރަށި ބާޒާރޮ" ގެ ނަމުގައި ފުވައްމުލައްސިޓީގައި ބޮޑު ނައިޓްމާކެޓެއްޚަބަރު | 2 މަސް ކުރިން