logo
Bank of Maldives

Bank of Maldives

ޚަބަރު

އަންހެނުންގެ ކޮމެޓީތަކުގެ ބަޖެޓު ދެގުނަ ބޮޑުކުރުމަށް ރައީސް ނިންމަވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
5 ސެޕްޓެމްބަރު 2025 - 19:35
އަންހެނުންގެ ކޮމެޓީތަކުގެ ބަޖެޓު ދެގުނަ ބޮޑުކުރުމަށް ރައީސް ނިންމަވައިފި

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިއުޑީސީ) ބަޖެޓު ދެގުނަ ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި ހުކުރުދުވަހުގެރޭ އެކަން ޢިއުލާންކުރަށްވައިފިއެވެ.

އެކަން ޢިއުލާންކުރަށްވަމުން ރައީސް ހުކުރުދުވަހުގެރޭ ސޯޝަލްމީޑިއާގައި ކުރެއްވި މެސެޖެއްގައި ވިދާޅުވީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި، 2026 ވަނަ އަހަރަށް ބަޖެޓު ހުށަހެޅުމުގެ ކުރިން، ދެ ބަދަލެއް ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ.

މިގޮތުން އެމަނިކުފާނު ޢިއުލާންކުރެއްވި ބަދަލުތަކުގެ ތެރެއިން އެއް ބަދަލަކީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓުގެ ގޮތުގައި، ކައުންސިލްގެ ބަޖެޓުން ދެމުން ގެންދާ 5% (ފަސް އިންސައްތަ) ދެގުނަ ބޮޑުކޮށް، %10 (ދިހަ އިންސައްތަ) އަށް ބަދަލުކުރުމެވެ. މިއީ ޑަބްލިއުޑީސީތަކަށް އެބޭފުޅުންގެ ރާވައިފައިވާ މަޝްރޫޢުތަކާއި ހަރަކާތްތައް ހިންގުމަށް އިތުރު މާލީ ވަޞީލަތްތަކެއް ފަހިކޮށްދޭނެ ކަމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ބަދަލަކީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސް، އެ ކޮމިޓީގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސުމެވެ. މިކަމުގެ ސަބަބުން ޑަބްލިއުޑީސީ ބަޖެޓުން އެލަވަންސަށް ކުރެވޭ ޚަރަދު ކުޑަވެ، އެ ފައިސާ ކޮމިޓީގެ ތަރައްޤީގެ މަސައްކަތްތަކަށް ބޭނުންކުރެވޭނެ ފުރުޞަތު އިތުރުވެގެންދާނެއެވެ.

ރައީސްގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން ގެންނެވި މިބަދަލުތަކުގެ ސަބަބުން ޑަބްލިއުޑީސީތަކުގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބި، ރަށްރަށުގެ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުވެ، އިތުރު ހިތްވަރެއް ލިބިގެންދާނެ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ ރޯދަ ހަދިޔާ: އިދިކޮޅު ފަރާތްތަކަށް ހަޖަމު ނުވަނީ ރައްޔިތުންނަށް މަންފާކުރާތީ: އިނާޒުޚަބަރު | 11 ގަޑިއިރު ކުރިންސަރުކާރަށް ލަފާދޭ 3 ކޮމެޓީއެއްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | ދުވަހެއް ކުރިންއަތްތެރިމަސައްކަތުގެ ފަންނުވެރި ގުމޭރިއާ އަމިއްލަ އަތުން ވިޔެ ތައްޔާރުކޮށްފައިވާ ދިވެހި ފޭއްޔެއް ރައީސްއަށް ހަދިޔާކުރައްވައިފިޚަބަރު | 2 ދުވަސް ކުރިންއަހްމަދު ސަލީމް ލިޔުއްވި ''އެޗް.އާރު.ސީ.އެމް. ގެ ހަނދާންތައް'' ފޮތް ރައީސް އަށް ހަދިޔާކޮށްފިޚަބަރު | 2 ދުވަސް ކުރިން