logo
Bank of Maldives

Bank of Maldives

ޚަބަރު

ކޮންމެ ކުއްޖަކީވެސް މަސައްކަތްތެރި، ރާއްޖެއާއި ދުނިޔެއަށް ލޯ ހުޅުވިފައިވާ ކުއްޖަކަށްވުން މުހިންމު: ފަސްޓްލޭޑީ

ޢައްފާން މުޙައްމަދު
6 ސެޕްޓެމްބަރު 2025 - 06:34
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު -- ފޮޓޯ/ ދައުލަތުގެ މީޑިއާ
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު -- ފޮޓޯ/ ދައުލަތުގެ މީޑިއާ

ކޮންމެ ކުއްޖަކީ ވެސް، މަސައްކަތްތެރި، ރާއްޖެއާއި ދުނިޔެއަށް ލޯ ހުޅުވިފައިވާ ކުއްޖަކަށްވުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަސްޓްލޭޑީގެ ވާހަކަފުޅުގައި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލު ސިފަ ކުރެއްވީ މާނަފުން ތާރީޚެއް އޮތް، ގިނަ ބަޔަކު އެކުވެގެން އިންދި ތަޢުލީމި ގަހެއްގެ ގޮތުގައެވެ. އެ ގަހުން މިއަދު ދިވެހި ޤައުމަށް ފޮނިމޭވާ ލިބެމުންދާ ކަމަށާއި ޤައުމީ ފެންވަރުގައި ފަޚުރުވެރިވަނަތައް ހޯދާ ދަރިވަރުން ގިނަ ސްކޫލެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

އަދި އެކަމަނާގެ ތައުލީމީ ހަޔާތުގައި ބިންގާއެޅިގެންދިޔަ މުހިންމު އެއް ހިޔާވެއްސަކީ އަޙްމަދިއްޔާ ސްކޫލުކަން ފާހަގަކުރައްވައި، މިއަދު އެހެން ހައިސިއްޔަތަކުން އެ ސްކޫލުގައި ހުއްޓިލައިގެން ހުންނެވުމުގެ ފުރުސަތު ދެއްވީތީ އެކަމަނާ ވަނީ އެ ސްކޫލުގެ މެނޭޖްމަންޓަށް ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.

އަހްމަދިއްޔާ ސްކޫލުގައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެޑަމް ސާޖިދާ ވަނީ، ރަސްމިއްޔާތުގައި ބައިވެރިވި ހުރިހާ ދަރިވަރުންނާއި، ބެލެނިވެރިންނަށް ވެސް މުހިންމު މެސެޖުތަކެއް ދެއްވާފައެވެ.

ރައީސްގެ އަނބިކަނބަލުން ވިދާޅުވީ ތަޢުލީމަކީ ލިބިގެންވާ ބޮޑު ނިޢުމަތެއް އަދި ޒިންމާއެއް ކަމަށެވެ. ތަޢުލީމު ހާސިލްކުރުމަކީ ނިމުމެއް އޮތް ކަމެއް ނޫން ކަމަށާއި ތަޢުލީމު ލިބިގަތުމުގައި ދެމިތިބުމަށް ދަރިވަރުންނަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. އަދި ކޮންމެ ކުއްޖަކީވެސް ނަފުސަށް ތެދުވެރި، ދީންވެރި ޤައުމަށް ވަފާތެރި ކުއްޖަކަށްވާންވާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

"ކޮންމެ ކުއްޖަކު ވެސް އަމިއްލަ ނަފްސަށް ތެދުވެރިވުން މުހިންމު. ކޮންމެ ކުއްޖަކު ވެސް މާތްވެގެންވާ އިސްލާމްދީނަށް ކަމޭހިތުން މުހިންމު. ކޮންމެ ކުއްޖަކު، ދިވެހި ޤައުމަށް ވަފާތެރިވުން މުހިންމު. ކޮންމެ ކުއްޖަކީ ވެސް އަޚްލާގު ރަނގަޅު، މަސައްކަތްތެރި، ހީވާގި، އަދި ރާއްޖެއާއި ދުނިޔެއަށް ލޯ ހުޅުވިފައިވާ މުސްލިމް ދިވެއްސަކަށް ވުން މުހިންމު. މި ކަންކަމަށް ފަރުވާތެރިވެއްޖެ ނަމަ، އަޅުގަނޑުމެން ވާނީ، ދެ ދުނިޔޭގެ ބާއްޖަވެރިންކަމުގައި. އަޅުގަނޑުމެން ތިބޭނީ މިނިވަން ބައެއްގެ ގޮތުގައި. އަޅުގަނޑުމެން ތިބޭނީ، ގަދަރާއި އިއްޒަތް ލިބިފައިވާ ދިރިއުޅުމެއްގައި. އަދި ކިއެއްތޯ، އެފަދަ މަތިވެރި އަޚްލާޤާއި ހެޔޮވިސްނުންތެރިކަމާއެކު، ލިބިފައިވާ އިލްމު ވާނީ، އިންސާނިއްޔަތަށް އޮތް ހިޔާވެއްސަކަށް". - ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު

ނަފްސަށް ތެދުވެރިވެ ދީނަށް ކަމޭހިތައި، ޤައުމަށް ވަފާތެރިވެ ތަޢުލީމު ހާސިލް ކުރާ ދަރިވަރުން، ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމަކީ އެ ދަރިވަރެއްގެ އެންމެ އަގުހުރި ފޭރާން ކަމުގައި ހަދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

އެކަމަނާ ވަނީ ތަޢުލީމެއް ދިނުމުގެ ހަގީގީ ބޭނުންތަކާމެދު ބެެލެނިވެރިންނާއި މުދައްރިސުން ވިސްނުން މުހިންމުކަން ފާހަގަކުރައްވައި ބިނާ ކުރާ ދަރިވަރަކީ މުސްލިމް ދިވެއްސެއްގެ ގޮތުގައި ބިނާވެގެންދާ ދަރިވަރެއްކަން ކަށަވަރުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އެކަމަށްޓަކައި ބޭނުންވަނީ ނަމޫނާ ކަމަށާއި އެ ނަމޫނާ ގޭތެރެއިންނާއި ވެށިން ފެންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޯޓިޒަމް ހުންނަ ފަރާތްތަކަކީ މުޖުތަމައުގެ ހުރިހާ ދާއިރާއެއްގެވެސް މުހިންމު ބައެއް: މެޑަމް ސާޖިދާޚަބަރު | 18 ދުވަސް ކުރިންނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ލިބުމުން މުޅި ގައުމާއި އާއިލާތަކަށް އޭގެ ފައިދާ ލިބޭ: ފަސްޓްލޭޑީޚަބަރު | 4 މަސް ކުރިންއަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ހާމަކޮށްފި ޚަބަރު | 5 މަސް ކުރިންޖަޕާނު ސަރުކާރުން މެދުކެނޑުމެއްނެތި ރާއްޖެއަށް ދެއްވާ އެއްބާރުލުމަށް ޝުކުރުޚަބަރު | 5 މަސް ކުރިން