logo
ޚަބަރު

ދަތާއި އަނގައިގެ ޞިއްޙަތާއި މެދު އާންމުން ހޭލުންތެރިކުރުމަށް މަސައްކަތް ކުރަންޖެހޭ: މެޑަމް ސާޖިދާ

ޝަހްޒާ މުހައްމަދު
11 ޖުލައި 2025 - 09:33
 ދަތާއި އަނގައިގެ ޞިއްޙަތާއި މެދު އާންމުން ހޭލުންތެރިކުރުމަށް  މަސައްކަތް ކުރަންޖެހޭ: މެޑަމް ސާޖިދާ

އަނގަޔާއި ދަތުގެ ދުޅަހެޔޮކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ބައިނަލްއަގުވާމީ ޑެންޓަލް ކޮންފަރެންސް، "ހިނިތުން" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސްގެ އަނބިކަނބަލުން ވިދާޅުވީ އޯތޮޑޮންޓިކް ޚިދުމަތްތަކާއި ޕެރިޑޮންޓިކް ކެއާރ ފަދަ ޚިދުމަތްތަކަކީ މިއަދު ސަރުކާރުގެ ހޮސްޕިޓަލްތަކާއި އަމިއްލަ ކްލިކްތަކުންވެސް ފަސޭހައިން ލިބިގެންދާ ޚިދުމަތްތަކެއް ކަމަށާއި ދަތުގެ ފަރުވާގެ ދާއިރާއިން ރާއްޖެއަށް ކުރިއެރުންތައް ލިބިފައިވަނީ އެކުވެރި ޤައުމުތަކުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކުގައި ކަމަށެވެ.

ދަތުގެ ދުޅަހެޔޮކަމަކީ އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމާއި މުޅި ސިިއްޙަތާވެސް ގުޅިފައިވާކަމެއް ކަމަށާއި އެހެންކަމުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިލްތިމާސްކުރެއްވިއެވެ.

ރާއްޖޭގައި ދަތުގެ ފަރުވާއަކީ އަގުހެޔޮ ޚިދުމަތެއްގެ އިތުރުން ފެންވަރު ރަނގަޅު ޚިދުތަމަކަށް ވާންޖެހޭ ކަމަށްވެސް މެޑަމް ސާޖިދާ ވިދާޅުވިއެވެ. އަދި އެންމެން ގުޅިގެން ދަތުގެ ފަރުވާގެ ޚިދުމަތްތައް ފަސޭހައިން ލިބިގެންދާނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ސިއްޙީ ދާއިރާގައި ޖުމުލަގޮތެއްގައި ހޭލުންތެރިކަން އިތުރުވަމުންދިޔަ ނަމަވެސް ދަތާއި އަނގައިގެ ޞިއްޙަތުގެ ކަންކަމަކީ ނިސްބަތުން ސަމާލުކަން ނުދެވޭ ދާއިރާތަކެއް ކަމުގައި ފާހަގަކުރައްވަމުން އެކަމަނާ ވަނީ، އެ ދާއިރާއިންވެސް ކުރިއެރުން ހޯދުމަށް ހުރި ފުރުޞަތުތައް ފާހަގަކުރައްވާފައެވެ. އަދި ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި، ޞިއްޙަތައް ރަނގަޅު ކާނާ އިޚުތިޔާރުކުރުމާއި، ޤަވާއިދުން ދަތުގެ ޗެކަޕްތައް ހެދުމަކީ، ދަތުގެ ސިއްޙަތުގެ މުހިންމު ބަހާތައް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ދަތުގެ ސިއްޙަތާއި މީހާގެ ދުޅަހެޔޮކަމާ ހުރި ގުޅުންތަކުގެ މައްޗަށް ބައްލަވާލައްވަމުން އެކަމަނާ ވަނީ، ދަތްފަނިކެއުމާއި ހިރުގަނޑުގެ ބަލިތަކަށް ފަރުވާނުކުރެވި، އަނގައިގެ ކެންސަރު އިތުރުވަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މި ކަންކަމަށް ޙައްލު ހޯދުމަށް، ސިއްޙީ ނިޒާމު ހަރުދަނާކޮށް، ސިޔާސަތުތައް ކަނޑައެޅުއްވުމަށް އެކަމަނާ ގޮވާލެއްވިއެވެ.

ކާމިޔާބު ކޮންމެ ސިއްޙީ ނިޒާމެއްގެ މުގުލުގައި ވަނީ ހަމްދަރުދީވުމާއި، އިޚުލާސްތެރިކަމާއި، އިންސާނިއްޔަތަށް ކުރާ ޚިދުމަތްކަން ތަކުރާރުކުރައްވަމުން، ދާއިރާގެ މާހިރުންނާއި މަސްލަހަތުވެރިންގެ ކިބައިން އެކަމަނާ އެދިވަޑައިގަތީ، މިއަދު ފެށި ކޮންފަރަންސަކީ، ސިއްޙީ ޚިދުމަތުގެ މައިގަނޑު ބައެއްގެ ގޮތުގައި ދަތުގެ ފަރުވާ ބަލައިގަންނާނޭ ފަދަ މުސްތަޤުބަލެއް ބިނާކުރުމަށް، ގުޅިގެން މަސައްކަތްކުރުމަށް ޢަޒުމުކަނޑައަޅާ މަންސައަކަށް ހެއްދެވުމަށެވެ.

"ހިނިތުން 2025" އަކީ، ދަތުގެ ފަރުވާގެ ޚިދުމަތް ހަރުދަނާކުރުމުގެ މަޤްޞަދުގައި، ދާއިރާގެ މާހިރުންނާއި މަސްލަހަތުވެރިންގެ ބައިވެރިވުމާއެކު ދިވެހިރާއްޖޭގައި ބާއްވާ މި ފަދަ ފުރަތަމަ ބައިނަލްއަޤުވާމީ ކޮންފަރަންސެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޯގާތެރިކަމުން ފުރިގެންވާ މުޖްތަމަޢެއް ބިނާކުރުމުގައި ކޮންމެ މާމައަކާއި ކާފައެއްގެ ދައުރު ނުހަނު ބޮޑު: ފަސްޓްލޭޑީޚަބަރު | 5 ދުވަސް ކުރިންގައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުތީމަށް ވަޑައިގެންފިޚަބަރު | 13 ދުވަސް ކުރިންސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި ޚަބަރު | މަހެއް ކުރިން ދަތާއި އަނގައިގެ ޞިއްޙަތާއި މެދު އާންމުން ހޭލުންތެރިކުރުމަށް މަސައްކަތް ކުރަންޖެހޭ: މެޑަމް ސާޖިދާޚަބަރު | 2 މަސް ކުރިން