logo
Bank of Maldives

Bank of Maldives

ޚަބަރު

މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ އަހަރީ ޢާންމު ޖަލްސާ ގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެންފި

މުޙައްމަދު އަފްރާޙް
31 ޖެނުއަރީ 2026 - 07:32
މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ އަހަރީ ޢާންމު ޖަލްސާ ގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު، މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ އަހަރީ ޢާންމު ޖަލްސާ 2025 ގައި ބައިވެރިވެވަޑައިގެންފިއެވެ.

މިއަދު ހެނދުނު މޫކާއި ހޮޓަލުގައި ބޭއްވި މި ޖަލްސާ އަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގަތުމުން އެކަމަނާއަށް އަދި މި ރަސްމިއްޔާތުގެ ޚާއްޞަ މެހެމާން، ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އަދި ގާލް ސްކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރ އަށް ވަނީ ގާޑް އޮފް އޮނަރއެއް އަރުވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ 2025 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައިވަނީ، 2024 ވަނަ އަހަރުގެ ޢާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި މާލީ ބަޔާން އިއްވާފައެވެ.

މީގެ އިތުރުން މި ޖަލްސާގައި، ޖަލްސާގެ ޚާއްޞަ މެހުމާނު ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އަދި ގާލް ސްކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރ ނިޢުމާތު ޝަފީޤަށް ވަނީ ޓޯކަން އޮފް އެޕްރިސިއޭޝަނެއް އަރުވާފައެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ އިސްވެރިން އަދި ގިނަ އަދަދެއްގެ ގައިޑުން ބައިވެރިވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓީބީ ބައްޔާމެދު ހޭލުންތެރިކަން އިތުރުކުރުން މުހިންމު: މެޑަމް ސާޖިދާޚަބަރު | 3 ގަޑިއިރު ކުރިންގާލް ގައިޑްސް އެސޯސިއޭޝަންގެ ޢީދު ޕްރޮޖެކްޓްގެ ހަރަކާތުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެންފިޚަބަރު | 3 ދުވަސް ކުރިންޝާމިލު މުޖުތަމައެއް ބިނާކުރެވޭނީ އެންމެން ގުޅިގެން ކުރާ މަސައްކަތުން: މެޑަމް ސާޖިދާޚަބަރު | 3 ދުވަސް ކުރިންރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން މާދަމާޚަބަރު | 5 ދުވަސް ކުރިން