logo
Bank of Maldives

Bank of Maldives

ޚަބަރު

ގާލް ގައިޑްސް އެސޯސިއޭޝަންގެ ޢީދު ޕްރޮޖެކްޓްގެ ހަރަކާތުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެންފި

މުޙައްމަދު އަފްރާޙް
21 މާރިޗު 2026 - 14:05
ގާލް ގައިޑްސް އެސޯސިއޭޝަންގެ ޢީދު ޕްރޮޖެކްޓްގެ ހަރަކާތުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެންފި

މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަނުގެ ޔަންގް ލީޑަރުން އިސްނަގައިގެން ކުރިޔަށް ގެންދާ، ޢީދު ޕްރޮޖެކްޓްގެ ހަރަކާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

މި ހަރަކާތަކީ، 2000ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ވަޅު ޢީދު ދުވަހު، ގަރލް ގައިޑްސް އެސޯސިއޭޝަނުން، ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ފަރާތްތަކާއި އެކު ޢީދުގެ އުފާ ހިއްސާކޮށް އެފަރާތްތަކަށް ޢީދު ހަދިޔާ ދިނުމުގެ ގޮތުން ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ ޔަންގް ލީޑަރުން އިސްނަގައިގެން ކުރިޔަށް ގެންދާ މިހަރަކާތުގައި ބައިވެރިވެވަޑައިގެން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު ވަނީ، މަރުކަޒުގައި ތިއްބެވި ފަރާތްތަކާއި ބައްދަލުކުރައްވައި، އެފަރާތްތަކާއެކު ޢީދުގެ އުފަލުގައި ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން ޢީދު ހަދިޔާ ބަދަލުކުރައްވައި، އެމީހުންގެ ހާލުއަހުވާލު އޮޅުންފިލުއްވެވިއެވެ.

މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ ޢީދު ޕްރޮޖެކްޓްގެ ތެރެއިން، ކޮންމެ އަހަރެއްގެވެސް ވަޅު ޢީދު ދުވަހު، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ދަތުރުކޮށް މިހަރަކާތްތައް މެދު ނުކެނޑި ކުރިޔަށް ގެންދާތާ، މިއީ 27 ވަނަ އަހަރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގާލް ގައިޑްސް އެސޯސިއޭޝަންގެ ޢީދު ޕްރޮޖެކްޓްގެ ހަރަކާތުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެންފިޚަބަރު | ގަޑިއިރެއް ކުރިންޝާމިލު މުޖުތަމައެއް ބިނާކުރެވޭނީ އެންމެން ގުޅިގެން ކުރާ މަސައްކަތުން: މެޑަމް ސާޖިދާޚަބަރު | 5 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން މާދަމާޚަބަރު | 2 ދުވަސް ކުރިންމީދޫ ވޮލީބޯޅަ ކޯޓް، ފަސްޓްލޭޑީ ސާޖިދާ ހުޅުއްވައިދެއްވައިފި ޚަބަރު | މަހެއް ކުރިން