logo
Bank of Maldives

Bank of Maldives

ޚަބަރު

"އުފަކާރަ" ތަމްރީން ޕްރޮގްރާމް މާލެ ސިޓީގައި ނިންމުމުގެ ރަސްމިއްޔާތު މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

މުޙައްމަދު އަފްރާޙް
25 އޭޕްރީލު 2026 - 18:11
"އުފަކާރަ" ތަމްރީން ޕްރޮގްރާމް މާލެ ސިޓީގައި ނިންމުމުގެ ރަސްމިއްޔާތު މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، "އުފަކާރަ" ތަމްރީން ޕްރޮގްރާމް މާލެ ސިޓީގައި ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

އުފަކާރަ ތަމްރީނު ޕްރޮގްރާމަކީ ކާބޯތަކެތި އުފައްދާ އަދި ވިއްކާ ފަރާތްތަކަށް ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ރަނގަޅު ކުރުމަށްޓަކާ ހިންގާ ޕްރޮގްރާމެކެވެ. މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ކޮންފަރެންސް ހޯލްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޖުމްލަ 19 ފަރާތަކުން ވަނީ މި ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. މި ފަރާތްތަކަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ. މީގެ އިތުރުން މި ތަމްރީން ޕްރޮގްރާމްގައި ފެސިލިޓޭޓްކޮށްދެއްވި 17 ފެސިލިޓޭޓަރުންނަށްވެސް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެކަމަނާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކާބޯތަކެތި އުފައްދާ ތައްޔާރު ކުރާ ފަރާތްތައް ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރި ކުރުމުގެ ‘’އުފަކާރަ’’ ޕްރޮގްރާމް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ. މިހާތަނަށް ގްރޭޓަރ މާލޭ ސަރަހައްދުގެ އިތުރުން ޅ. އަތޮޅު، މ. އަތޮޅު، ހދ. ކުޅުދުއްފުށި، ނ. ވެލިދޫ، ޏ. ފުވައްމުލައް، ލ. އަތޮޅު އަދި ފ. އަތޮޅުގައި މި ޕްރޮގްރާމް ވަނީ ހިންގާފައެވެ.

މި ރަސްމިއްޔާތުގައި ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު، ޤީލާ ޢަލީ ގެ އިތުރުން ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"އުފަކާރަ" ތަމްރީން ޕްރޮގްރާމް މާލެ ސިޓީގައި ނިންމުމުގެ ރަސްމިއްޔާތު މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި ޚަބަރު | 3 ގަޑިއިރު ކުރިންޤުރްއާން މުބާރާތްތަކަށް ތައްޔާރުވުމުން އަޚްލާޤީ ރަނގަޅު ސިފަތައް އަށަގަތުމަށް މަގުފަހިވޭ: މެޑަމް ސާޖިދާޚަބަރު | 3 ދުވަސް ކުރިންދުޅަހެޔޮ ދިރިއުޅުމަކަށާއި ވަރުގަދަ މުޖުތަމަޢެއް ބިނާކުރުމަށް ސައިންސް އަދާކުރާ ދައުރު ވަރަށް މުހިންމު: މެޑަމް ސާޖިދާޚަބަރު | 19 ދުވަސް ކުރިންއިންތިޚާބުގައި ރައީސް މުޢިއްޒާއި މެޑަމް ސާޖިދާ ދެއްކެވީ އާދަޔާޚިލާފް ހިތްވަރާއި ރީތި ނަމޫނާއެއް: ޝިޔާމްޚަބަރު | 20 ދުވަސް ކުރިން