ދުޅަހެޔޮ ދިރިއުޅުމަކަށާއި ވަރުގަދަ މުޖުތަމަޢެއް ބިނާކުރުމަށް ސައިންސް އަދާކުރާ ދައުރު ވަރަށް މުހިންމު: މެޑަމް ސާޖިދާ
7 އޭޕްރީލު 2026 - 07:29

ދުޅަހެޔޮ ދިރިއުޅުމަކަށާއި ވަރުގަދަ މުޖުތަމަޢެއް ބިނާކުރުމަށް ސައިންސް އަދާކުރާ ދައުރު ވަރަށް މުހިންމު ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ޞިއްޙީ ދުޅަހެޔޮކަމާއި ވަށައިގެންވާ މާހައުލާ ގުޅިފައިވާކަން ފާހަގަކުރައްވަމުން ސައިންސް ގެ އަލީގައި ހޯދާ ޞިއްޙީ ހައްލުތަކުގެ ސަބަބުން އެތައް މިލިއަން ބައެއްގެ ފުރާނަ ސަލާމަތްކޮށްދޭކަމަށް ވިދާޅުވެފައި ވެއެވެ. އަދި ދުޅަހެޔޮ ދިރިއުޅުމަކާއި ވަރުގަދަ މުޖުތަމައެއް ބިނާކުރުމުގައި ސައިންސަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
މީގެއިތުރުން އަލަށް ފެންނަ ބަލިތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި އިލްމު ކުރިއެރުވުމަށާއި، ދިރާސާތަކަށް އިންވެސްޓްކުރުމަށާއި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް ކުރިއެރުވުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ފަސްޓްލޭޑީ ވަނީ ގޮވާލައްވާފައެވެ. އަދި މިފަދަ މަސައްކަތްތަކުގެ ސަބަބުން ކޮންމެ މީހަކަށްވެސް ދުޅަހެޔޮ އަދި އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ދުނިޔޭގެ ޞިއްޙަތު ދުވަހަކީ، ކޮންމެ އަހަރެއްގެވެސް އެޕްރީލްމަހުގެ 7ވަނަ ދުވަހެވެ. މިއަހަރުގެ މިދުވަހުގެ ޝިޢާރު ކަމަށްވާ "ޞިއްޙަތަށްޓަކައި އެކުގައި ސައިންސާއެކު ސާބިތުވެ ތިބެމާ" މި ޝިޔާރުގެ ދަށުން މިއަހަރުވެސް ދުނިޔޭޭގެ އެކި ކަންކޮޅުތަކުގައި އެކި ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

.gif&w=1920&q=75)
