logo
MPL

MPL

ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލްގެ އައު ޑައިލިސިސް ސެންޓަރު ހުޅުވައިފި

އައިޝަތު ނަޝާ
29 މާރިޗު 2026 - 06:27
ކުޅުދުއްފުށީ ހޮސްޕިޓަލްގެ އައު ޑައިލިސިސް ސެންޓަރު ހުޅުވައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައު ޑައިލިސިސް ސެންޓަރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުޅުއްވައިދެއްވައިފިއެވެ.

މިކަމަށްޓަކައި ކުޅުދުއްފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރު ޢަބްދުއްﷲ ނާޒިމް އިބްރާހިމްއާއި ޞިއްޙީ ވުޒާރާގެ އިސްވެރިންނާއި ކުޅުދުއްފުށީ ހޮސްޕިޓަލްގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންވެސް މި ރަސްމިއްޔާތުގައިވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑައިލިސިސް ސެންޓަރ ހުޅުވައިދެއްވުމަށްފަހު ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ ޑައިލިސިސް ސެންޓަރު ބައްލަވާލައްވާފައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ދޭ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން 2013ވަނަ އަހަރު 4 އެނދާއެކު ހުޅުވުނު ޑައިލިސިސް ޔުނިޓު 9 އެނދުގެ ޑައިލިސިސް ސެންޓަރަކަށް ބަދަލުވެ މިޚިދުމަތް މިވަނީ ފުޅާވެ ތަރައްޤީވެފައެވެ. މި ޑައިލިސިސް ސެންޓަރުގެ ޚިދުމަތާއެކު ޚާއްސަ އައިސޮލޭޝަން އެނދަކާއި އައިސީޔޫގައި ޑައިލިސިސްގެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

މިޚިދުމަތާއެކު ޑައިލިސިސް ހަދާ ބަލިމީހުންނަށް ކިއުގައި މަޑުކުރަން ނުޖެހި ފަސޭހަކަމާއި ރައްކާތެރިކަމާއެކު އެމީހަކަށް ޚާއްސަވާ ފަރުވާ ލިބޭނެކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއެވެ.

ޒަމާނާއި އެއްގޮތަށް ބަލި މީހުންނަށް އިތުރު ތަކުލީފުތަކާއި ނުލާ ޑައިލިސިސް ހެދުމުގެ މަގު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިވަނީ ފަހިވެގެން ގޮސްފައެވެ. އެގޮތުން ރާއްޖޭގައި ޕެރިޓޯނިއަލް ޑައިލިސިސް ނުވަތަ ޑިވައިސެއްގެ އެހީގައި އަމިއްލައަށް ހެދޭ ޑައިލިސިސްގެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ.

ސަރުކާރުން ރައްޔިތުންނާ ގާތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރައްވާ މަސައްކަތުގެ ދަށުން ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ 10 ރަށެއްގައި އަލަށް ޑައިލިސިސްގެ ޚިދުމަތް ވަނީ ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދަކީ ދިވެހީންގެ ކެރުމާއި އެއްބައިވަންތަކަމުގެ ރީތި މިސާލެއް: ފަސްޓް ލޭޑީޚަބަރު | 10 ދުވަސް ކުރިންޤައުމީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފިޚަބަރު | 10 ދުވަސް ކުރިންމަގު ސާފުކުރާ ވެހިކަލް ބޭނުންކުރެވެން ނެތީ ރަށުން ލައިސަންސް ނެގެން ނެތުމުން: ކުޅުދުއްފުށީ މޭޔަރުޚަބަރު | 16 ދުވަސް ކުރިންކުޅުދުއްފުށީ މަސް ޖެޓީގެ މަސައްކަތް ހުއްޓިފައި ވަނީ ސާވޭ އަގު ބޮޑުކަމުން: މޭޔަރުޚަބަރު | 19 ދުވަސް ކުރިން