logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެ ބިނާކުރުމަށް މަސައްކަތްތެރިން ކުރާ މަސައްކަތަށް މެޑަމް ސާޖިދާ ޝުކުރު އަދާކުރައްވައިފި

މަރިޔަމް މާޙީ
1 މޭ 2026 - 10:11
ރާއްޖެ ބިނާކުރުމަށް މަސައްކަތްތެރިން ކުރާ މަސައްކަތަށް މެޑަމް ސާޖިދާ ޝުކުރު އަދާކުރައްވައިފި

އުޖާލާ ދިވެހިރާއްޖެއެއް ބިނާކުރުމަށްޓަކައި ރާއްޖޭގެ މަސައްކަތްތެރިން ކުރަމުންދާ މިންނެތް މަސައްކަތާއި ވަމުންދާ ގުރުބާނީގެ އަގު ވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ޝުކުރު އަދާކުރައްވައިފިއެވެ.

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މެޑަމް ސާޖިދާ އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ގައުމުގެ ތަރައްގީއަށްޓަކައި މަސައްކަތްތެރިން ކުރައްވާ މިންނެތް މަސައްކަތާއި ގުރުބާނީގެ އަގު ވަޒަންކޮށް، މިއަދާއި އަދި އަބަދުވެސް އެ ފަރާތްތަކުން ދައްކަވަމުންދާ ހިތްވަރުގަދަ ނަމޫނާ ސަރުކާރާއި ރައްޔިތުން ފާހަގަކުރާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އުޖާލާ ދިވެހިރާއްޖެއެއް ބިނާކުރުމަށް ތިޔަ ކުރައްވާ މަސައްކަތަށްޓަކައި ޝުކުރު ދަންނަވަަމެވެ!" މެޑަމް ސާޖިދާ ވިދާޅުވި އެވެ.

މީގެ އިތުރުން މިއަދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެސް ވަނީ ދުވަހުގެ ތަހުނިޔާ އަރިސްކޮށްފައެވެ. އެގޮތުން ރައީސްގެ މެސެޖުގައި ވިދާޅުވީ، އަމިއްލަ ނަފްސާއި ޢާއިލާގެ ފުދުންތެރިކަމަށްޓަކައި، އަދި ޤައުމުގެ ލާބައާއި މަންފާއަށްޓަކައި ކޮންމެ ދާއިރާއެއްގައި ބުރައުފުލާ މަސައްކަތްތެރިއަކީ ވެސް ޝަރަފްވެރިއެއް ކަމަށެވެ. އަދި އެއީ މި ޤައުމުން އަގުވަޒަން ކުރާނެ ޚިދުމަތްތެރިއެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ފާހަގަކުރަމުންދާ މެއި މަހުގެ އެއް ވަނަ ދުވަހަކީ، ރާއްޖޭގައި ރަސްމީ ބަންދު ދުވަހެއް ކަމުގައި ހަމަޖައްސާފައިވަނީ2011 ވަނަ އަހަރު، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދުގެ ދައުރުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެ ބިނާކުރުމަށް މަސައްކަތްތެރިން ކުރާ މަސައްކަތަށް މެޑަމް ސާޖިދާ ޝުކުރު އަދާކުރައްވައިފިޚަބަރު | 2 ގަޑިއިރު ކުރިން"އުފަކާރަ" ތަމްރީން ޕްރޮގްރާމް މާލެ ސިޓީގައި ނިންމުމުގެ ރަސްމިއްޔާތު މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި ޚަބަރު | 6 ދުވަސް ކުރިންޤުރްއާން މުބާރާތްތަކަށް ތައްޔާރުވުމުން އަޚްލާޤީ ރަނގަޅު ސިފަތައް އަށަގަތުމަށް މަގުފަހިވޭ: މެޑަމް ސާޖިދާޚަބަރު | 9 ދުވަސް ކުރިންދުޅަހެޔޮ ދިރިއުޅުމަކަށާއި ވަރުގަދަ މުޖުތަމަޢެއް ބިނާކުރުމަށް ސައިންސް އަދާކުރާ ދައުރު ވަރަށް މުހިންމު: މެޑަމް ސާޖިދާޚަބަރު | 24 ދުވަސް ކުރިން