logo
Bank of Maldives

Bank of Maldives

ޚަބަރު

ކުޑަހުވަދޫ އަންހެނުންގެ ކޮމިޓީން ތަރައްޤީކުރި ޖިމް މެޑަމް ސާޖިދާ ހުޅުވާދެއްވައިފި

މުޙައްމަދު އަފްރާޙް
12 ފެބްރުއަރީ 2026 - 10:18
ކުޑަހުވަދޫ އަންހެނުންގެ ކޮމިޓީން ތަރައްޤީކުރި ޖިމް މެޑަމް ސާޖިދާ ހުޅުވާދެއްވައިފި

ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ތަރައްޤީކުރި ޖިމް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުޅުއްވައިދެއްވައިފިއެވެ.

ކުޑަހުވަދޫ އެކުވެރި އަންހެނުންކޮމިޓީގެ ޢިމާރާތުގައި ތަރައްޤީކޮށްފައިވާ މި ޖިމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމާއި ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ހަރަކާތްތެރިކޮށް އުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. ރަށުގައި މިފަދަ ޖިމެއް ހުޅުވުމަކީ މިކަމަށް ލިބިގެންދިޔަ ބާރެއްކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުން ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމާއި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ނުހަނު އިސްކަމެއްދެއްވައިގެން މަސައްކަތްކުރައްވާކަން ފާހަގަކުރައްވައި، އެކަމަނާ ވަނީ ޢާންމު ޞިއްޙަތު ކުރިއެރުވުމަށާއި، ބަލިތަކުން ރައްކާތެރި ވެއްޓެއް ޤާއިމުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާއި، ކުރައްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކޮށް ޓައިމް މަޖައްލާއިން ހޮވި، 2026 ވަނަ އަހަރު ޞިއްޙީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަޙްޞިއްޔަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގެންފައިވާކަން ފާހަގަކުރައްވާފައެވެ. ވަކިން ޚާއްޞަގޮތެއްގައި އެމަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް އަޅުއްވާފައިވާ ފިޔަވަޅުތައް އެކަމަނާ ފާހަގަކުރެއްވިއެވެ.

މިއަދު ކުޑަހުވަދޫގައި ހުޅުވި ޖިމަކީ ޢާންމު ޞިއްޙަތު ކުރިއެރުވުމަށާއި، ބަލިތަކުން ރައްކާތެރި ވެއްޓެއް ޤާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި އެކަމަނާ ވަނީ މި ޖިމްގެ ބޭނުން ހުރިހާ ފަރާތްތަކުން އެންމެ ފުރިހަމަގޮތުގައި ހިފާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

ކުޑަހުވަދޫ އަންހެނުންގެ ތަރައްްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިސްނެގުމާއިއެކު މިފަދަ ޖިމެއް ހުޅުވިގެން ދިއުމަކީ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި އެކަމަނާ ވަނީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އެހެން ކޮމެޓީތަކުން މިކަން ނަމޫނާއަކަށް ބަލައި މިފަދަ ކޮމެޓީތަކުގެ މުހިންމުކަމާއި އެބޭފުޅުން ކުރައްވާ ހިތްވަރުގަދަ މަސައްކަތް ފާހަގަކުރައްވާފައެވެ.

ޖިމް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާ ގެ މެމްބަރު ޙުސައިން ޙަމީދު އަދި ކުޑަހުވަދޫ ކައުންސިލް މެމްބަރުންނާއި އަންހެނުންގެ ތަރައްްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންގެ އިތުރުން ރަށުގެ ގިނައަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަސްޓްލޭޑީ، ސްރީލަންކާގެ ގުޑް މާކެޓަށް ޒިޔާރަތް ކުރައްވައިފިޚަބަރު | ދުވަހެއް ކުރިންހަގީގަތް ހޯދައި، މައުލޫމާތު ފެތުރުމުގައި އޭގެ ސައްހަކަން ކަށަވަރުކުރަންވާނެ: މެޑަމް ސާޖިދާޚަބަރު | 3 ދުވަސް ކުރިންރާއްޖެ ބިނާކުރުމަށް މަސައްކަތްތެރިން ކުރާ މަސައްކަތަށް މެޑަމް ސާޖިދާ ޝުކުރު އަދާކުރައްވައިފިޚަބަރު | 5 ދުވަސް ކުރިން"އުފަކާރަ" ތަމްރީން ޕްރޮގްރާމް މާލެ ސިޓީގައި ނިންމުމުގެ ރަސްމިއްޔާތު މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި ޚަބަރު | 10 ދުވަސް ކުރިން