logo
ޚަބަރު

ރައީސްގެ އަނބިކަނބަލުން ޕްރާނަކަން މިއުޒިއަމަށް ޒިޔާރަތްކުރައްވައިފި

އާމިނަތު ޝަފާ
1 ޖުލައި 2025 - 09:42
ރައީސްގެ އަނބިކަނބަލުން ޕްރާނަކަން މިއުޒިއަމަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރުގެ ޕްރާނަކަން މިއުޒިއަމަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޕްރާނަކަން މިއުޒިއަމަށް ވަޑައިގަތުމާއެކު އެ ކަމަނާއަށް މަރުޙަބާ ދެންނެވީ އޭޝިއަން ސިވިލައިޒޭޝަންސް މިއުޒިއަމް އަދި ޕްރާނަކަން މިއުޒިއަމްގެ ޑިރެކްޓަރ މިސްޓަރ ކްލެމެންޓް އޯންއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕްރާނަކަން މިއުޒިއަމުން ވަނީ އެ މިއުޒިއަމްގެ އާސާރުތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ދައްކަވައިލައްވައި، އެ މިއުޒިއަމްގެ އެކިއެކި ކަލެކްޝަންތަކާ ބެހޭ މަޢުލޫމާތު އެ ކަމަނާއާ ހިއްސާ ކުރައްވާފައެވެ.

މި މިއުޒިއަމަކީ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ޕްރާނަކަން ތަރިކައިގެ މައްޗަށް އެކުލެވިފައިވާ އެކިއެކި އެގްޒިބިޓް ދައްކުވައިދޭ އަދި އެބައިމީހުންގެ ތާރީޚާއި އަމިއްލަވަންތަކަމާއި ސަގާފަތާ ބެހޭ މަޝްވަރާތަކަށް ހުޅުވާލެވިފައިވާ މަންސައެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެޤައުމުގެ ރައީސްގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮންމެ ކުއްޖަކީވެސް މަސައްކަތްތެރި، ރާއްޖެއާއި ދުނިޔެއަށް ލޯ ހުޅުވިފައިވާ ކުއްޖަކަށްވުން މުހިންމު: ފަސްޓްލޭޑީޚަބަރު | 6 ގަޑިއިރު ކުރިން އޯގާތެރިކަމުން ފުރިގެންވާ މުޖްތަމަޢެއް ބިނާކުރުމުގައި ކޮންމެ މާމައަކާއި ކާފައެއްގެ ދައުރު ނުހަނު ބޮޑު: ފަސްޓްލޭޑީޚަބަރު | 5 ދުވަސް ކުރިން ދަތާއި އަނގައިގެ ޞިއްޙަތާއި މެދު އާންމުން ހޭލުންތެރިކުރުމަށް މަސައްކަތް ކުރަންޖެހޭ: މެޑަމް ސާޖިދާޚަބަރު | 2 މަސް ކުރިންރައީސްގެ އަނބިކަނބަލުން ޕްރާނަކަން މިއުޒިއަމަށް ޒިޔާރަތްކުރައްވައިފިޚަބަރު | 2 މަސް ކުރިން