logo
ޚަބަރު

އިޙްސާސް ކުރެވޭ ހޫނުމިން 38 ޑިގްރީ ސެލްސިއަސްެެއަށްވުރެ މައްޗަށް

ޝަހްޒާ މުހައްމަދު
6 ސެޕްޓެމްބަރު 2025 - 12:28
މާލެ ސިޓީގެ މަލަމަތި -- ފޮޓޯ: މިހާރު
މާލެ ސިޓީގެ މަލަމަތި -- ފޮޓޯ: މިހާރު

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިޙްސާސް ކުރެވޭ ހޫނުމިން 38 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް އަރައިފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވާގޮތުން މިއަދު ހުޅުލޭގެ ހޫނުމިން 32.0 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް އިހުސާސްކުރެވޭ ހޫނުމިން ހުރީ 35.7 ޑިގްރީ ސެލްސިއަސްގައެވެ. އަދި ހދ. ހަނިމާދޫގެ ހޫނުމިން 30.4 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 33.1 ޑިގްރީ ސެލްސިއަސްގައި ކަމަށް އެ އިދާރާއިން ބުންޏެވެ.

މީގެ އިތުރުން ލ. ކައްދޫގެ ހޫނުމިން 32.2 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 38.7 ޑިގްރީ ސެލްސިއަސްގައިކަމަށާއި، ގދ.ކާޑެއްދޫގެ ހޫނުމިން 31.0 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 35.1 ޑިގްރީ ސެލްސިއަސްގައިކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފައިވެއެވެ. އައްޑޫސިޓީ ގަމުގައި ހޫނުމިން 30.9 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 33.4 ޑިގްރީ ސެލްސިއަސްގައިކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މި މަހު ރާއްޖެ އަށް ވާރޭ ވެހޭނެ ވަރާއި ފިނިހޫނުމިން ހުންނާނެ ކަމަށް ލަފާކުރެވޭ ވަރު އާންމުކޮށްފައިވާއިރު، ވޭތުވެދިޔަ އަހަރުތަކުގެ ސެޕްޓެމްބަރުމަހާ އަޅާބަލާއިރު، މި ހިނގާ ސެޕްޓެމްބަރުމަހު ރާއްޖެއަށް ވާރޭ ވެހޭ ވަރު މަދުވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މީގެއިތުރުން، އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް ފިނިހޫނުމިން އާންމުކޮށް ހުންނަ ވަރަށް ހުރި ނަމަވެސް، ދެކުނު ހިސާބުތަކަށް އާދަޔާ ހިލާފަށް މަތި ވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. ވިލާ މަދުވުމާއި، ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.

ހޫނު ގަދަ ވަގުތު ތަކުގައި ކުޑަކުދިން ބޭރަށް ނުގެންދިއުމަށް ސަމާލުކަން ދޭންޖެހެއެވެ. އަދި ކޮންމެހެން ބޭރަށް ދާންޖެހިއްޖެ ޙާލަތެއްގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ ހޫނުގަދަ ވަގުތުގައި ބޭރުގަ އުޅޭވަގުތު މަދުކުރަންވާނެއެވެ. ތުއްތު ކުއްޖާއަށް ގިނައިން ދިޔާތަކެއްޗާއި ފެން ދިނުމަށް ސަމާލުވާންޖެހޭ ކަމަށް ކަމާގުޅޭ އިދާރާތަކުން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިޙްސާސް ކުރެވޭ ހޫނުމިން 38 ޑިގްރީ ސެލްސިއަސްެެއަށްވުރެ މައްޗަށްޚަބަރު | ދުވަހެއް ކުރިންމި މަހު ރާއްޖެއަށް ވާރޭވެހޭ މިންވަރު މަދުވާނެކަމަށް ލަފާކޮށްފި ޚަބަރު | 3 ދުވަސް ކުރިންރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފިޚަބަރު | 9 ދުވަސް ކުރިންމާލެ ސަރަހައްދަށް އާދިއްތައިން ފެށިގެން މޫސުން ރަނގަޅުވާނެ ޚަބަރު | 10 ދުވަސް ކުރިން